ads
މީގެ ކުރިން އިންޑޮނޭޝިއާ އަށް އެރި ސުނާމީ އެއް
މިވަރަށް ބިން ހެލުން އަންނަ ނަމަ 100 ފޫޓުގެ ސުނާމީ އެއް އަރާފާނެ: ދިރާސާ
ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު އަންނަ ބިންހެލުންތަކުގެ އަދަދު އިންތިހާއަށް އިތުރު ވެފައި ވާކަމަށާއި، މި ބިންހެލުންތަކާއި، ގުޅިގެން ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ ބޮޑު ސުނާމީއެއް އަރާފާނެ ކަމަށް ބިންހެލުންތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

ބިންހެލުންތަކުގެ މައުލޫމާތު އާއްމު ކުރާ "އާތް ކުއޭކް އެލާޓްސް" އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، މި އަހަރު ފެށުނު ފަހުން ކޮންމެ ދުވަހަކުހެން ދުނިޔޭގެ އެކި ހިސާބުތަކަށް 50 އަށް ވުރެ ގިނަ ބިންހެލުންތައް އަންނަކަން ރިޕޯޓް ކުރެވިފައި ވާކަމަށެވެ. އަދި މިއީ، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިހާރު އަންނަމުންދާ ބިންހެލުންތަކުގެ ބާރު ދަށް ނަމަވެސް މިހާ ގިނަ ބިންހެލުންތައް އަންނަ ނަމަ މަދު ދުވަސްކޮޅެއް ތެރޭ، 8.00 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުންތައް ދުނިޔެއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ބާރުމިނުގެ ބިންހެލުންތައް އަންނަ ނަމަ ވަރުގަދަ ސުނާމީ އެއް ދުނިޔެއަށް އަތުވެދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

މި ސުނާމީ ނުވަތަ ސުނާމީ ތަކުގެ ސަބަބުން އުފެދޭ ރާޅުގެ އުސްމިނުގައި 50 ފޫޓާއި 120 ފޫޓު ހުންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު އަންނަމުންދާ ބިންހެލުން ތަކުގެ ސަބަބުން ބައެއް ގައުމުތަކަށް އޭގެ އަސަރުވަނީ ކޮށްފަ އެވެ. އަދި ބައެއް ހާދިސާތައް ހިނގާ ބައެއް މީހުން މަރުވެފައި ވާކަން ފާހަގަ ކޮށްލެވެ އެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ބިންހެލުންތައް އައި އެއް ގައުމަކީ އިންޑިއާ އެވެ. 

20%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
48%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް