ads
މެދު ރާއްޖެތެރެއަށް ވައި ނުސާފުވެފައި. ފޮޓޯ: އޭދަފުށި ވޮއިސް
އުތުރާއި މެދަށްވެސް ވައި ނުސާފުވެ ، ސަމާލުވާން އެދިއްޖެ
މިއަދު ރާއްޖޭގައި އެންމެ ވައި ނުސާފު ވާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ މި ހަފްތާގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށްވެސް ވައި ނުސާފުވާނެކަމަށެވެ. އެގޮތުން މިއަދު އެންމެ ވައި ނުސާފީ އުތުރުގެ އަތޮޅުތަކަށް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

މިއަދު އުތުރުގެ އަތޮޅުތަކަށް ދުރުމިން ފެންނާނީ ހަތަރު ކިލޯމީޓަރު ވަރަށްކަމަށް މެޓް އޮފީހުން ބުނެއެވެ. ވެރިރަށް މާލެއަށް ދުރުމިން ފެންނާނީ ފަސް ކިލޯމީޓަރަށްކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

ދުންފުހުގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރު ފެންނަ ދުރުމިން ދަށްވެފައިވާއިރު މި ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެ ތެރެއަށް ކުރާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މާލެ ސަރަހައްދަށް ، ވައި ނުސާފުވުން ބޮޑުވެފައިވާތީވެ އޮރެންޖް އެލާޓް ނެރެ، ސަމާލުވެ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ

ސާފު މިންވަރު ބަލާ "އައިކިއު އެއާ" ގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ވައިގެ ތެރޭގައި ނުރައްކާތެރި މާއްދާތައް ނުވަތަ "ފައިން ޕާޓިކިއުލޭޓް މެޓާ" ހުރި މިންވަރު ވަނީ ރައްކާތެރިކަމަށް ބަލާ މިންވަރަށްވުރެ 8.3 ގުނަ މައްޗަށް ގޮސްފައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ސަމާލުވާންޖެހޭ ފަދަ ނުރައްކާތެރި މިންވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް