ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ވަގަށް ޕާޓީއަށް ވައްދާނަމަ އެމީހަކަށް މެސެޖަކުން އެކަން އަންގާނަން: ފުއާދު
ވަގަށް ޕާޓިއަށް ވައްދާނަމަ އެމީހެއްގެ ނަމްބަރަށް ފޯމު ލީ ކަމުގެ މެސެޖު ފޮނުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެމީހަކަށް ނޭނގި ވަގަށް އެހެން ސިޔާސީ ޕާޓީއަކަށް ވައްދާނަމަ ފޯމުގައި ޖަހާފައިވާ އެމީހެއްގެ ނަމްބަރަށް ފޯމު އެ ކޮމިޝަނަށް ހުށަހެޅު ވާހަކަ މެސެޖަކުން ފޮނުވުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. 

ދާދި ފަހަކުން ވަގަށް ޕާޓީއަށް މެންބަރުން ވައްދާ މައްސަލަ ވަރަށް ގިނައިން ހުށަހެޅިފައިވާ ކަން ފާހަގަކުރައްވަމުން ފުއާދު ވިދާޅުވީ މިހާރު އެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ ކަމަށެވެ. 

"އެމީހަކަށް ނޭނގި ވަގަށް ޕާޓީއަށް ވައްދާނަމަ އެ ފޯމެއްގައި އިންނަ ނަމްބަރަކަށް އެމީހަކަށް މެސެޖު ފޮނުވުމަށް މިހާރު މި ތައްޔާރުވަނީ. ވަގުތުން އެގޭނެ އޭރުން އެމީހަކަށް ޕާޓީއަށް ވައްދާފަ ހުރިކަންވެސް. މިހާރު ވަރަށް މަދުވެއްޖެ މި މައްސަލަތައް." ފުއާދު ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފުއާދު ފާހަގަކުރެއްވީ އެކޮމިޝަނަށް ހުށަހެޅޭ ފޯމުތައް ވެރިފައި ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުމުގެ މައްސަލަ އެވެ. ވިދާޅުވީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެންނަން ޖެހޭ ކަމަށެވެ. އަދި ހުށަހަޅާ ފޯމުތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރެވޭނެ ނިޒާމެއް އޮތުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ. 

އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ތެެއިން ބޮޑު ބައެއް އުނިކުރުމަށް އެޓާނީ ޖެނެރަލް އާވެސް މަޝްވަރާކޮށްފަ އެވެ. 

ފުއާދު ކުރިން ވިދާޅުވެފައިވަނީ ވަގަށް ޕާޓީއަށް މެންބަރުން އިތުރުކުރަން ވަގު ފޯމުތައް އެ ކޮމިޝަނަށް ހުށަހެޅެނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ބޭނުމުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް