ads
ޝެއިހު އަލީ ޒައިދު..
މި ރާއްޖެ ސަދޫމު ސިޓީއަށް ވިޔަ ނުދިނުމަށް ގޮވާލައިފި
މި ރާއްޖެ ސަދޫމް ސިޓީއަށް ވިޔަ ނުދިނުމަށް ޝެއިހު އަލީ ޒައިދު ގޮވާލައްވައިފި އެވެ.
Advertisement

ރާއްޖޭގައި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަނގުލަދޭޝްގެ އެމްޑީ އަލަމްގިރު ގުލުހުން ހިންގި އަދަދު 250 އަށްވުރެ ގިނަ ވެފައިވާކަމަށް އަޑުފެތުރިފައިވާއިރު ޝެއިހް އަލީ ޒައިދު ވިދާޅުވީ "މިހެން ވޮޔަ ނުދެއްވުމަށް" ގޮވާލާ ކަމަށެވެ. 

އަލީ ޒައިދު ވިދާޅުވީ މި ރާއްޖެ ސަދޫމް ސިޓީއަށް ވިޔަ ނުދިނުމަށް ގޮވާލާ ކަމަށާއި، މިކަން ކުރި މީހުންގެ ތެރެއިން މަތީމަގާމުތަކުގައި މީހުން ތިބި ނަމަ އެބައެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި މަގާމުންވެސް ވަކިކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. 

ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގަނީ އެންމެ ބަލިކަށި މީހުންކަން ފާހަގަ ކުރައްވައި އަލީ ޒައިދު ވިދާޅުވީ މިފަދަ ބަޔަކު މުޖުތަމައުގައި ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. 

"މި އެންމެން ހިފާ ހައްޔަރު ކުރައްވާ! ރާއްޖެ ސަދޫމަށް ވިޔަ ނުދެއްވާ! މަތީމަގާމުތަކުގައި ތިބި މީހުން ތިބިނަމަ މޫނަކަށް ކަނދުރާއަކަށް ނުބަލައި އަވަހަށް ވަކިކޮށްދެއްވާ! ފިރިހެނުންނަށް އެދުންވެރިކަން އަންނަނީ އެންމެ ސިކު މީހުން. މިކަހަލަ ބަޔަކު މުޖުތަމައުގައި ދޫވެގެން ނުވާނެ." އަލީ ޒައިދު ވިދާޅުވި އެވެ.

އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ރާއްޖޭގެ އެކި ފެންވަރުގެ މީހުން ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ތުހުމަތަކަށްވެސް އަދި ހައްޔަރުކޮށްފައިވާކަން އެނގިފައެއް ނުވެ އެވެ. 

ކޯޓު އަމުރެއްގެ ދަށުން އަލަމްގިރު ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާގެ މައްސަލަ ވަރަށް ރަގަޅަށް އެނގޭ ބަޔަކު ވަނީ ފުލުހުންގެ އިދާރާގައި މި މައުލޫމާތުތައްވެސް ހިއްސާކޮށްފަ އެވެ. 

އަލަމްގިރު 250 އަށްވުރެ ގިނަ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައި ވަނީ މާލޭގައި އެޕާޓްމަންޓެއްގައި ހުންނަ ކޮޓަރިއެއްގަ އެވެ. 

ހުރިހައި ފިރިހެނުންނާއެކުވެސް ޖިންސީ ގުޅުން ހިންގުމުގެ ކުރިންވެސް އެ ކުރާ ކަންތައްތަކުގެ ވީޑިއޯ ފޮޓޯ ނެގުމަށް އަލަމްގިރު ވަރަށް ބޮޑަށް ރާވާފައިވާކަންވެސް މި ދައުރުވަމުންދާ ވީޑިއޯތަކުންވެސް އެނގެން ހުރެ އެވެ. 

މިހާތަނަށް އަލަމްގިރު އާއެކު އިއްޖިންސުން ގުޅުން ހިނގާފައިވާ ކަމަށް ލީކުވެފަިއވާ ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު އެކަމަށް އެއްބަސްވެފަ އެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް