ads
ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު ކައުންސިލަރުންގެ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީސީއަށް
ރ. ދުވާފަރު ކައުންސިލްގެ ކައުންސިލް މެންބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
Advertisement

ދުވާފަރު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ގުޅޭ ގޮތުން އެލްޖީއޭއިން ވަނީ ތަފްސީލީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ކައުންސިލްގެ މެމްބަރުންގެ އެކައުންޓަށް ލިޔެކިޔުންތައް ނެތި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ، ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްސަލަ މިމަހުގެ 21 ވަނަ ދުވަހު ހުށަހަޅާފައި ވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ. 

އަދި މި މައްސަލަ އާއި ގުޅިގެން ފިޔަވަޅު އަޅަން އެނގޭނީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު، އޭސީސީން ކުރިއަށް ގެންދާ ތަހުގީގަށް ފަހު ކަމަށްވެސް ހަސަން މަނިކު ވިދާޅުވި އެވެ. 

އެއްވެސް ވަރަކަށް ލިޔެކިޔުމެެއް ނަހަދާ ދެ މިލިއަނެއްހާ ރުފިޔާ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ބަހާފައި ވާކަން އެލްޖީއޭގެ ރިޕޯޓް ގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު އަލިފުޅަށް އެކަށީގެންވާ ލިޔެކިޔުންތައް ނެތި 711،617 ރުފިޔާ ދީފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ ވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަން އެލްޖީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް