ads
ގޭމްސް ވިލެޖުގައި ދިވެހި ދިދަ އުފުލާ އެތްލީޓުންނާއި އެކު މިނިސްޓަރ އަދި (ފޮޓޯ އޮލިމްޕިކް ކޮމިޓީ)
ދިވެހި ދިދަ އުފުލާނީ ޖުމާނާ އަދި ޒަޔާން
ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ފެށޭ ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލާނެ ދެ އެތްލީޓުންގެ ގޮތުގައި ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ޖުމާނާ ނިމާލްއާ ހަމަ ޖައްސައިފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންގހަމްގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ކޮމަންވެލްތް ގޭމްސްގެ ދިވެހި ދިދަ އުފުލާ ދެ އެތްލީޓުންނާ ދިވެހި ގައުމީ ދިދަ ހަވާލުކޮށްދެއްވީ އަންގާރަ ދުވަހު ބާމިންހަމް ގޭމްސް ވިލެޖުގައި އޮތް ރަސްމިއްޔާތެއްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އަދި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުއެވެ.

މި ފަހަރުގެ ގޭމްސްގައި ދިވެހި ދިދަ އުފުލާ އަންހެން އެތްލީޓް ޓީޓީ ކުޅުންތެރިޔާ ޖުމާނާ މިއީ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ މިއީ ތިން ވަނަ ފަހަރެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ. މި ފަސް ކުޅިވަރުގައި ދިވެހި ސާޅީސް ހަ އެތްލީޓުން ވާދަކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް