ads
ޔޯގާ ޑޭ ހަރަކާތް ހުއްޓުވުމަށް ބަޔަކު ދަނޑަށް ވަނުން:
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން އިތުރު ދެ މީހަކު ހައްޔަރު ކޮށްފި
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކާއި ގުޅިގެން އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރި ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވާ އެކަމަށް ހުރަސް އެޅުމަށް ހިންގި ހަމަނުޖެހުން ތަކާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ބަޔަކު ހައްޔަރު ކޮށްފަ އެވެ. އަދި ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވާއިރު، ބައެއް މީހުން ވަނީ ދޫކޮށްލާފަ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. 

މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ، މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނި ވިދާޅުވެފަ އެވެ. 

ޔޯގާ ހަރަކާތް ހުއްޓުވަން އެތަނަށް ފުލުހުންގެ ސަފު ފޫއަޅުވާލާ ވަން މީހުން ވަނީ އެ ތަނުގައި ތިބި ސަރުކާރުގެ އިސް ފަރާތްތަކާއި، ގައުމު ތަކުގެ އިއްޒަތްތެރިންނަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން އެތަނަށް ވަން މީހުން ވަނީ ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދީފަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް