ads
އިނގިރޭސިވިލާތުގެ ކޯޓެއްގެ ތެރެ
ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ކްރައުން ކޯޓުގެ ޝަރީއަތް ލައިވް ކުރަނީ
އިނގިރޭސިވިލާތުގެ ކްރައުން ކޯޓުން ފުރަތަމަ ފަހަރަށް ޝަރީއަތެއް ލައިވް ކުރުމަށް ނިންމައިފި އެވެ.
Advertisement

މިއަދު އިނގިރޭސިވިލާތުގެ ކްރައުން ކޯޓެއް ކަމަށްވާ އޯލްޑް ބެއިލީ ކޯޓުގައި ލައިވް ކުރުމަށް ހަމަޖެހިފައިވަނީ، މިދިޔަ އަހަރު ރަހުމު ކުޑަކޮށް އަމިއްލަ ކާފަ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ބެން އޮލިވާގެ މައްޗަށް ހުކުމް ކުރާ ޝަރީއަތެވެ. 

އެހެން ނަމަވެސް ކްރައުން ކޯޓު ތަކުގައި ހިނގާ ޝަރީއައްތައް ލައިވް ކުރާއިރު، ހަމަ އެކަނި ދެއްކޭނީ، ގާޒީ ކަމަށާއި، ގާޒީ ހުކުމް އިއްވާ މަންޒަރުނޫން އެހެން އެއްވެސް މަންޒަރެއް ނުދެއްކޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދިި މި ނޫން ގޮތަކަށް އަމަލު ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. 

މިއަދު ކުރިއަށްދާ އޮލިވާގެ ޝަރީއަތް ލައިވް ކުރުމަށް ނިންމާފައި ވާއިރު، އޮލިވާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް އޮލިވާގެ ވަކީލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މި މައްސަލާގައި ހިމެނޭ ޖޫރީއިން ވަނީ އޮލިވާ އޭނާގެ ކާފަ މަރާލި ކަމަށް ނިންމާފަ އެވެ. 

އޮލިވާ އޭނާގެ އުމުރުން 74 އަހަރުގެ ކާފަ މަރާލީ، ކާފަ ނިދާފައި އޮތްވާ ވަޅިން ހަމަލާދީގެންނެވެ. ކަރާއި މުނުގެ އިތުރުން ބުރަކަށީގެ އެކި ތަންތަނަށް 24 ފަހަރު އޮލިވާ ވަނީ ވަޅިން ހަމަލާ ދީފަ އެވެ. 

ކްރައުން ކޯޓު ތަކަކީ، އެގައުމުގައި ހިނގާ އެންމެ ބޮޑެތި ކުށްވެރިންގެ ޝަރީއަތްތައް ކުރުމަށް ހާއްސަކުރެވިފައިވާ ކޯޓު ތަކެވެ. އެ ކޯޓުން ލައިން ކުރުމަށް ނިންމާފައި ވުމުން، އެގައުމުގެ ގިނަ ރައްޔިތުން ވަނީ، އެގައުމުގެ ކޯޓުތަކުން އަދުލުވެރި ޝަރީއަތްތަކެއް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަން ފަށާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް