ads
ޝޭހް އަލީ ޒައިދު އާއި ރައީސް ނަޝީދު
ލިވާތުކުރުމުގެ އަމަލު ހިންގުން އެއީ ސިޔާސީ ކަމެކޭ ބުނީމަ އިސްތިއުފާދޭން ޖެހޭ!
ރާއްޖޭގައި ލިވާތު ކުރުމުގެ އަމަލު ބަޔަކު ހިންގާފައިވާ ކަމަށާއި، އެއީ ސިޔާސީ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި އެމަނިކުފާ ވަގުތުން އިސްތިއުފާ ދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ގޮވާލައްވައިފި އެވެ.
Advertisement

ލިޔާތު ކުރުމުގެ މައްސަލަ ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. 

ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝިދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ސަރުކާރަށް އަދި އެމްޑީޕީގެ އިސް ވެރިންނަށްވެސް ބައެއް ތުހުމަތުތައްކޮށް ފާޑުވިދާޅުވަމުންނެވެ. 

މީސް މީޑިޔާގައި ދައުރުވަމުންދާ ލިޔާތު ކުރުމުގެ މައްސަލައަށް ރައީސް ނަޝީދު މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ. ނަމަވެސް އެކަމަކީ ސިޔާސީ ކަމެއް ކަމަށް އެމަނިކުފާނު ބުނެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. 

ޝެއިހް އަލީ ޒައިދު މިކަމަށް ރައްދު ދެއްވައި ވިދާޅުވީ ލިވާތަކީ ސިޔާސީ ކަމެއްކަމުގައި ހެދުމާ މި ނަޖިސް ޢަމަލު ދިފާޢު ކުރުމާ، ގަޒްފުކުރުމާ، މިކަހަލަ އެތައް ކަމެއް ފެނިފައިވުމުން މިހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، އެމްޑީޕީގެ މެންބަރުކަމުން އެމަނިކުފާނު ވަކިކުރުމަށް ގޮވާލާ ކަމަށެވެ. 

ޝެއިހް ޒައިދުގެ ވާހަކަ ފުޅުގައި ބުނެފައި ވަނީ ރައީސް ނަޝީދަށް އިޝާރާތްކޮށް އެމަނިކުފާނުގެ އެއްވެސް އަހުލާގެއްވެސް ނެތް ކަމަށެވެ. 

"ލިވާތަކީ ސިޔާސީ ކަމެއްކަމުގައި ހެދުމާ މި ނަޖިސް ޢަމަލު ދިފާޢު ކުރުމާ، ގަޒްފުކުރުމާ، މިކަހަލަ އެތައް ކަމެއް ފެނިފައިވުމުން މިހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، މެންބަރުކަމުންނާއި، MDP އިން އޭނާ ވަކިކުރުމަށް MDP އަށް ގޮވާލަން! އަޚްލާގެއް ހަމަ އެއްވެސްވަރަކަށް ނެތް." ޒައިދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުވެސް ވަނީ އެމަނިކުފާނު ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް