ads
އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު.. ފޮޓޯ ސީއެންއެމް ރިޝްވާން
ދެވަނަ ކުއާޓަރުގައި އެސްޓިއޯ އާންމުދަނީގެ ގޮތުގައި 4.9 ބިލިއަނުގެ ފައިދާއެއް!
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓިއޯއިން އާންމަދަނީގެ ގޮތުގައި ޖުމްލަ 4.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

މިއީ ފުރަތަމަ ކުއާޓާއާއި އަޅައި ބަލާއިރު މި އަދަދަކީ 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ތެލުގެ ވިޔަފާރި އުފުލުމާއި ގުޅިގެން އެސްޓިއޯ އިން ކުރަމުން އައި ތެލުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. 

އެގޮތުން ކުންފުންޏަށް ލިބުނު ފައިދާގެ ތެެއިން ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާގެ ވަނީ ދަށްވެފަ އެވެ. މިއީ ލިބުނު ފައިދާގެ ތެރެއިން ދެ ޕަސެންޓެވެ. 

ޓެކްސް އަށް ކެނޑުމަށްފަހު ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ސާފި ފައިދާގެ ގޮތުގައި ވަނީ 155 މިލިއަން ރުފިޔާގެ ކުރިއެރުމެއް ހޯދާފަ އެވެ. މިއަދަދަކީ މިދިޔަ އަހަރާއި އަޅައި ބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ. 

your imageމިފްކޯގެ އަލަށް ތައާރަފްކުރި މަސްދަޅު އެސްޓިއޯއަށް ހަދިޔާކުރަނީ

އެސްޓިއޯ އިން ވަނީ ހަރަދުތައް ކުޑަކޮށް އެހެން ނަމަވެސް އާންމުދަނީ ހޯދުމަށްޓަކައި ކުންފުނިން ކުރަމުން އައި ތެލުގެ ވިޔަފާރި ނޫން އެހެން ހުރިހައި ވިޔަފާރިތަކެއްވެސް ފުޅާކޮށްފަ އެވެ. 

އެގޮތުން މުދާ ރާޢްޖެ އެތެރެކުރުމަށް އެސްޓިއޯއިން ވަނީ ދާދި ފަހަކުން ބޯޓެއްވެސް ގަނެފަ އެވެ. އަދި އެކުންފުނިން ވިއްކާ މަކިޓާ ބްރޭންޑްތަކަށް ހާއްސަ ޝޯރޫމް ހުޅުވުމާއި، އެހެނިހެން ވިޔަފާރިތައްވެސް ހިމެނެ އެވެ. 

your imageއެސްޓިއޯއިން މަކިޓާ ބްރޭންޑަށް ހާއްސަކޮށް ރޭ ހުޅުވި ޝޯރޫމް

އެސްޓިއޯ އަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ މައި ކުންފުންޏެވެ. އެކުންފުނިން ދަނީ ކާޑާއި، ގޭހުގެ ބާވަތްތަކުގެ އިތުރުން ތެލުގެ ވިޔަފާރިވެސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް