ads
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު..
ދައުލަތުގެ އޮފީސްތައް ހިންގަން އިތުރުގޮތެއް ހޯދަން އެބަޖެހޭ: މުއިއްޒު
ދައުލަތުން ސަރުކާރުގެ އޮފީސްތައް ހިންގުމަށް އިތުރު ގޮތެއް ހޯދަންޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި މުއިއްޒު ސަރުކާރަށް ފާޑު ކިއުއްވަމުން ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ދައުލަތުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އިމާރާތްތަކަށް ކުލީގެ ގޮތުގައި މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ އަހަރަކަށް ބަލާނަމަ އެއީ 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. އަދި މިފައިސާ ކުލީގެ ގޮތުގައި ދައްކަން ނުޖެހޭ ގޮތަށް މި ނޫން ގޮތަކަށް ސަރުކާރުގެ އޮފީސްތައް ހިންގަން އިތުރު ގޮތެއް ހޯދަންޖެހޭ ކަމަށެވެ. 

ދިވެހި ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނަ ކަމުގެ ނުރައްކާތެރި އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ދީފަ އެވެ. 

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ ގޮތުން ދިރާސާ ކުރުމަށްފަހު އައިއެމްއެފް އިން ވަނީ ރިޕޯޓެއް ނެރެފަ އެވެ. 

އައިއެމްއެފް އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ކުރި އަރަމުން އަންނަ ކަމަށާއި، މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 8.7 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އައުމާއި، ޔޫކްރެއިން އާއި ރަޝިއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުތަކަށް ޒިޔާރާތް ކުރަމުންދިޔަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިއުމުން ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.  

ހަރަދު ތައް ކުޑަކުރުމުގެ ގޮތުން ނިމިގެންދިޔަ މިނިވަން ދުވަހުގެ ހަރަކާތްތައްވެސް ސަރުކާރުން ވަނީ ނުބާއްވަން ވެސް ނިންމާފަ އެވެ. ސަރުކާރުން ދަނީ ހަރަދު ކުރުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ބަލައި ހަރަދު ކުޑަކުރަން މަސައްކަތް ކުރަމުންނެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް