ads
އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ) --- ފޮޓޯ: މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސް ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި
ރާއްްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް މާލޭ ސޯސަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޕާޓިން ބުނެފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގަ އެވެ. އެއީ ހުކުރު ދުވަހެކެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމް ކުރާ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ސޯސަލް ސެންޓަރުގައި ކޮންގްރެސް ބޭއްވުމަށް ޔޫތު މިނިސްޓްރީ އާއި މަޝްވަރާ ކުރި ކަމަށާއި، ސޯސަލް ސެންޓަރު ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން އެދުނީ ސޯސަލް ސެންޓަރު ދޭން. ޔޫތު މިނިސްޓްރީން ބުނެފަ އޮތީ ހަމަޖެހޭނެ ވާހަކަ ވެސް. އަދި ރަސްމީކޮށް ލިޔެކިއުމުން ނުދޭ އެކަމަކު." އިބުރޭ ވިދާޅުވި އެވެ.

އިބުރޭ ވިދާޅުވީ ކޮންގްރެސްގައި 1200 އަށްވުރެ ގިނަ މީހުން ބައިވެރި ވުމަށް ހަމަޖެހިފައިވާ ކަމަށާއި، ބައިވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ކޮންމެ ބޭފުޅަކަށްވެސް ލިންކެއް ފޮނުވަމުން އަންނަ ކަމަށެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރި ވެވޭނީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ޕްރޮވިންސް ތަކުގެ ރައީސުންނާއި، ނައިބުރައީސުންގެ އިތުރުން ދާއިރާ ތަކުގެ ރައީސުންނާއި، އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި، ގޮފިތަކުގެ ރައީސުންނަށް އެކަނި އެވެ. 

"މާލޭގަ ބޭއްވޭތޯ މަސައްކަތް މިކުރަނީ. ސޯސަލް ސެންޓަރު ހޯދުމަށް އެދުނިން، ވިދާޅުވި ލިބޭނެ ވާހަކަ ވެސް. 1200 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާތީ އެންމެން ވެސް ރަޖިސްޓްރީ ކުރަން ލިންކު ފޮނުވަމުން މިގެންދަނީ އިއްޔެ އިންފެށިގެން." އިބުރޭ ވިދާޅުވި އެވެ.

އިބުރޭ ވިދާޅުވީ މިމަހުގެ ފަހަކާއި ހަމައަށް ރަޖިސްޓްރޭޝަންގެ މުއްދަތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ފަހުންވެސް ރަޖިސްޓްރީ ނުކުރެވިވާ ފަރާތްތަކަށް އެފުރުސަތު ދެއްވުމަށް އަދި މިވަގުތު ހަމަޖެހިފައިވާ ކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް