ads
ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތައް ވަނީ ތައްޔާރި ހާލަތައް ގެނެސްފަ
ހަމަނުޖެހުންތައް އުފެދިއްޖެނަމަ ޒިންމާވާންޖެހޭނީ އެމެރިކާ އިން: ޗައިނާ
ތައިވާން ގައި އެއްވެސް ހަމަނުޖެހުމެއް ހިނގައިފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ އިން ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
Advertisement

ޗައިނާ އިން މިހެން ބުނެފައި ވަނީ، އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާން އަށް އެތެރެވެއްޖެނަމަ ތައިވާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްބުނެ ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ގޮންޖަހާ އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ތައިވާންއަށް ވަޑައިގެނެވުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގަ އެވެ. 

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ސޮއި ކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ތައިވާން އަކީ ޗައިނާގެ ބައެއް ކަމަށާއި، މިކަމަކީ ޔުނައިޓެޑް ނޭޝަން ޖެނެރެލް އެސެމްބްލީ އިން ބަލައިގަނެފައިވާ ކަމެއް ކަމަށެވެ. 

ތައިވާން އިން އެ ގައުމަކީ މިނިވަން ދައުލަތެއް ކަމަށް ކުރަމުން އަންނަ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށާއި، އެކަމަށް އެމެރިކާ އިން ތާއިދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

"ޗައިނާގެ ބައެއްގެ ގޮތުގައި އޮތް ގައުމެއްގެ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ވަނުމަކީ ޗައިނާ އާއި އެމެރިކާ އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ހިލާފު ކަމެއް. މިކަމާއި ގުޅިގެން ޗައިނާ އާއި ތައިވާން އާއި ދެމެދު ހަމަނުޖެހުން ހިނގައިފި ނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާ އިން"

 

މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ، ގައުމު ތަކުގައި މެދުގައި އެމެރިކާ އިން އަބަދުވެސް ފިތުނަ އުފައްދައި ހަމަނުޖެހުން ހިންގުމަށް ބޭނުންވާ ކަމަށާއި، އެމެރިކާ އިން ބޭނުން ވަނީ މުޅި ދުނިޔޭގެ ބާރު ހޯދަން ކަމަށެވެ. އެހެންނަމަވެސް އެކަން ނުވާނެ ކަމަށާއި އެމެރިކާ އިން ބޭނުންވާހާ ކަމެއް ކުރުމަށް ޗައިނާއިން ފުރުސަތު ނުދޭނެ ކަމަށެވެ. 

އަދި ޗައިނާއިން އެގައުމުގެ ރައްޔިތުންގެ ދިފާއުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް