ads
ޗައިނާއިން ތައިވާން ސަރަހައްދުގައި އަސްކަރީ ބޮޑު ތަމްރީންތަކެއް ފަށައިފި
ޗައިނާއިން ތައިވާން ސަރަހައްދުގައި އަސްކަރީ ބޮޑު ތަމްރީންތަކެއް ފަށައިފި
ތައިވާންގެ ސަރަހައްދު ތަކުގައި ޗައިނާގެ އަސްކަރިއްޔާއިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

ޗައިނާއިން ތައިވާންގެ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ފަށާފައި މިވަނީ، އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާން އަށް އެތެރެވެއްޖެނަމަ ތައިވާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްބުނެ ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ގޮންޖަހާ އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ތައިވާންއަށް ވަޑައިގެނެވުމާއި ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ. 

މިކަމާއި ގުޅިގެން ޗައިނާގެ ޑިފެންސް މިނިސްޓްރީން ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ބެލުމެއް ނެތި އެމެރިކާގެ މަޖިލީހުގެ ރައީސް ތައިވާނަށް ވަޑައިގަތުމާއި، ގުޅިގެން ޗައިނާގެ "ޕީޕަލްސް ލިބަރޭޝަން އާމީ" އިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ތައިވާންގެ ކަނޑުގެ ސަރަހައްދުގައި ފަށާފައި ވާކަމަށެވެ. 

އަދި މި އަސްކަރީ ތަމްރީން ތަކުގައި ހަނގުރާމަ މަތީ ކަނޑުގެ އުޅަނދު ފަހަރާއި، ހަނގުރާމަ މަތީ މަތިންދާބޯޓު ތައް ހަރަކާތްތެރި ވާނެ ކަމަށެވެ. އަދި މި ތަމްރީން ތަކުގައި މިސައިލް ޓެސްޓު ކުރުމާއި، އިތުރު ހަތިޔާރުތައް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

އަދި މި ތަމްރީން ތައް ވައިގެން މަގުންނާއި ކަނޑުގެ މަގުން ތައިވާންގެ ވަށައިގެންވާ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މާދަމާ އިން ފެށިގެން ލައިވް ފަޔާ ޑްރިލް ތަކެއް ޓައިވާން ވަށައިގެން ކުރިއަށް ގެންދަން ނިންމާފައި ވާކަމަށްވެސް ވަނީ ބުނެފަ އެވެ. 

80%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް