ads
މަހުމޫދު މަރާލި ކަމަށް ބުނާ ސާލިމް.. ފޮޓޯ މިހާރު ނޫސް
ސާލިމް މެރުމަށް ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުން ބަލައި ނުގަތުމަށް ނިންމައިފި
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ(ސާލިމް)، މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އިސްތިއުނާފުގެ މައްސަލަ ބަލައި ނުގަތުމަށް ނިންމައިފި އެވެ.

ހައިކޯޓުން އިސްތިއުނާފުގެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައި ވަނީ އިސްތިއުނާފު ކުރުމުގެ މަރުހަލާގައި މައްސަލަ ހުށަހަޅާފައި ނުވާތީ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. ދައުލަތުން މި މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގަ އެވެ. 

ކްރިމިނަލް ކޯޓުން ސާލިމް ގެ މައްޗަށް މަރަށް މަރުގެ ހުކުމް އިއްވީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. 

ކުށުގެ އަދަބެއްގެ ގޮތުން ކުއްވެރިޔާ މެރުމަށް ކޯޓުން ހުކުމެއް ކޮށްފިނަ ކުއްވެރިޔާގެ ފަރާތުން ނުވަތަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އެއް އިސްތިއުނާފް ކުރަންޖެހެ އެވެ. 

ސާލިމް ވަނީ ތަހުގީގު މަރުހަލާގައިވެސް އަދި ކޯޓުގެ ހުރިހާ މަރުހަލާއެއްގައިވެސް ދައުވާގައި އެނާއާއި ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށްވެސް އިއުތުރާފްވެފައެވެ.  

your imageސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު 

ކްރިމިނަލް ކޯޓުގައި ސާލިމް ބުނީ އޭނާ އެކަން ކުރީ އޭނާގެ ބޮލަށް ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށާއި، މަހުމޫދްގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ކުށަށް އިއުތިރާފް ވުމުން އަދަބު ކުޑަ ކޮށްދިނުމަށް ވަނީ އެދިފައެވެ.  

މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އެކަމުގައި ވާރިސުންގެ ބަސް ހޯދި އިރު، ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ވަނީ ބުނެފައެވެ

މިމައްސަލާގައި ކަން ހިނގާފައި ވާގޮތް

މަހުމޫދު މަރާލައި، ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާތައް ކުރުމަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. 

މަހުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަހުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ.  

މަހްމޫދަށް ވަނީ ބޮޑެތި އަނިޔާތަކެއްދީފައި

މަހުމޫދު ހަށިގަނޑަަށް ވަޅިން ހަމަލަދީ ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ. މަހްމޫދުގެ ބޮލަށާއި ހަށިގަނޑުގެ އެކިތަންތަނަށް 30 އަށްވުރެ ގިނަ ހަމަލާދީފައިވާކަމަށް ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ. 

މަހްމޫދުގެ މަރުގެ ތަފްސީލްތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ތަހުގީގުތެރެއިން ހަށިގަނޑު ބެލިއިރު، ބޮޑެތި ޒަހަމްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ބޮލުގައި މަައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭކަމަށާއި، ހަށިގަނޑުގެ އެކިއެކި ތަންތަނަށް  އެކި މިންވަރުގެ 30 އަަށްވުރެ ގިނަ ޒަހަމުތައް ފާހަގަކުރެވުނު ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް