ads
ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާގައި، ފޮޓޯ: ވަގުތު އިމޭޖަސް
މާލެ ސަރަހައްދަށް 5260 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަން
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އެންމެ ގިނަ ކުދިން އަލަށް ސްކޫލުތަކަށް ވަދެފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ވިދާޅުވީ، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ތެރެއިން މާލެ އާއި ހުޅުމާލެ އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުން ކުދިން ސްކޫލުތަކަށް ރަޖިސްޓްރީ ކުރަން ގިނަ އެޕްލިކޭޝަން ތަކެއް ހުށަހެޅިފައިވާ ކަމަށެވެ. 

މޫސަ ވިދާޅުވީ މިހާތަނަށް 5260 އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން 5100 އެޕްލިކޭޝަން ފޯމު މިހާރު ޕްރޮސަސް ކޮށްފައިވާ ކަމަށެވެ. 

މޫސަ ވިދާޅުވީ ހަމައެކަނި ހުޅުމާލެ އާއި މާލެ އިން 1500 އަށްވުރެ ގިނަ ކުދިން މުޅިން އަލަށް ތައުލީމް ހާސިލްކުރަން ހުށަހަޅާފައިވާ ކަމަށެވެ. 

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރު ވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ސަރަހައްދުތަކުގައި ތިބެގެން ކިޔަވައި ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވި އެވެ.

"ހިޔާ ފްލެޓްތަކަށް ގިނަ އަދަދަކަށް މީހުން ބަދަލުވީމަ ހަމަ ވަރަށް ގިނަ އެޕްލިކޭޝަން ތައް ލިބިއްޖެ. މާލެ ސަރަހައްދުގައި ތައުލީމު ހާސިލް ކުރަން މި ފެށޭ އަހަރު ބައިވެރިވާ ކުދިންގެ އަދަދު މިއޮތީ ވަރަށް ބޮޑުތަނުން އިތުރުވެފަ." މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ހާއްސަކޮށްގެން ދެ ސްކޫލަކާއި ޕްރީ ސްކޫލް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

އެގޮތުން ސަލާހުއްދީން ސްކޫލާއި، އަދި އިތުރު ސްކޫލެއް ހިމެނެ އެވެ. އަދި ކާމިލް ދީދީ ޕްރައިމަރީ ޕްރީ ސްކޫލާއި، ޖަމީލް ދީދީ ޕަރައިމަރީ ޕްރީ ސްކޫލް ހިމެނެ އެވެ. 

މީގެ އިތުރުން ކުވެއިތުގެ ކުންފުންޏެއް ކަމަށްވާ އަލްޖޭރީ ހޯލްޑިން ކިޔާ ކުންފުންޏަކުން ހަދިޔާކޮށްގެން އިމާރާތް ކުރަމުން އަންނަ އިތުރު ސްކޫލެއްވެސް މިނިސްޓަރު މިއަދު ފާހަގަ ކުރެއްވި އެވެ. 

މިނިސްޓަރު މިއަދު ވިދާޅުވީ ތައުލީމީ ދާއިރާއަށް މިވަގުތު 209 ޕްރޮޖެކްޓް ހިންގަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް