ads
އެންމެ ފަހުގެ އެފްއޭކަޕް ކާމިޔާބު ކުރި ނިއުގެ ބައެއް ކުޅުންތެރިން
އެފްއޭކަޕް އަންނަ ހަފްތާގައި، ވިކްޓްރީ، ނިއު ނުކުޅޭ
އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ހަތަރު ފަހަރު މުބާރާތް ހޯދާފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބު ބައިވެރިނުވާ އެފްއޭ ކަޕް އަންނަ ހަފްތާގައި ފެށޭނެއެވެ.
Advertisement

އެފްއޭކަޕްގެ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ހުކުރު ދުވަހު ވާދަކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް- ސަސްއާ ބިސްބުރު ސްޕޯޓްސްއެވެ. އެރޭ ޔުނައިޓެޑް ވިކްޓްރީއާ މާޒިޔާ ވާދަކުރާނެއެވެ.

އަންނަ ހަފްތާގައި އެފްއޭ ކަޕް ފެށޭއިރު، ބާރަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އަދި އެންމެ ފަހުގެވެސް ޗެމްޕިއަން ނިއުރޭޑިއަންޓް އަދި ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓްރީ މުބާރާތުގައި ނުކުޅުމަކީ މުބާރާތަށް ލިބޭނެ ފަޅުކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މި ފަހަރުގެ އެފްއޭކަޕްގައި އެއްވަނަ ޑިވިޝަނުގެ ޓީމުތަކުގެ އިތުރުން ބައިވެރިވަނީ ބިސް ބުރު ސްޕޯޓްސް އެކަންޏެވެ. އެފްއޭ ކަޕަކީ އެފްއޭއެމްގެ މެންވަރު ހުރިހާ ކްލަބަކަށް ބައިވެރިވެވޭ މުބާރާތެއް ނަމަވެސް ދެވަނަ ޑިވިޝަނަށް ލިބިފައިވާ ވަރުގެ ތަރުހީބެއްވެސް މި މުބާރާތަކަށް މި ފަހަރު ނުލިބެއެވެ.

މި އަހަރުގެ އެފްއޭކަޕް މި ބޭއްވެނީ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހުއެވެ. ދެހާސް ވިހި ވަނަ އަހަރު އެފްއޭ ކަޕް ފެށި ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ވަކި ހިސާބަކުން ޖެހުނީ ކެންސަލް ކުރާށެވެ. ދެހާސް ވިހި ވަނަ އަހަރު އެފްއޭ ކަޕް ބޭއްވީވެސް ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން އެފްއޭ ކަޕް ފުރިހަމައަށް ބޭއްވިފައިވަނީ ދެހާސް ސަތާރަވަނަ އަހަރުއެވެ. އެ އަހަރު މުބާރާތް ކާމިޔާބު ކުރީ ނިއުރޭޑިއަންޓުންނެވެ.

އެފްއޭމުން އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހު އެފްއޭ ކަޕް ފަށާށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމް ހުށަހަޅާފައިވީ ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އެފްއޭއެމަކުން ނުބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް