ads
ޗައިނާގެ އަސްކަރީ މަތިންދާބޯޓެއް
ޗައިނާއިން ކުރިއަށް ގެންދާ ތަމްރީންތައް މިހާރުން މިހާރަށް ހުއްޓާލަން އަންގައިފި
ޗައިނާއިން ތައިވާންގެ ވަށައިގެން ކުރިއަށް ގެންދަމުން ދާ އަސްކަރީ ތަމްރީންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޖަޕާނުން އެގައުމަށް އަންގައިފި އެވެ.
Advertisement

ޖަޕާނުން ޗައިނާ ސަރުކާރަށް ތަމްރީންތައް ހުއްޓާލަން ގޮވާލާފައި ވާއިރު، ޗައިނާ އިން އަންނަނީ، ތައިވާން ގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ތަމްރީން ތަކެއް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން އިއްޔެ ޗައިނާ އިން ވަނީ، ތައިވާންއާއި ކައިރީ ބައެއް ސަރަހައްދުތަކަށް މިސައިލް ތަކެއް ފޮނުވާލާފަ އެވެ. އަދި ގިނަ އަދަދެއްގެ ފައިޓާ ޖެޓުތަކެއް ތައިވާންގެ މަތިން އަންނަނީ ދަތުރު ކުރަމުންނެވެ. 

ޗައިނާއިން ތައިވާން ކައިރީ އަސްކަރީ ތަމްރީން ތަކެއް ފަށާފައި މިވަނީ، އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާން އަށް ކުރި ޒިޔާރަތާއި ގުޅިގެންނެވެ. އެމެރިކާގެ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ތައިވާން އަށް ޒިޔާރަތް ކުރައްވަން އުޅުމުން ޗައިނާ އިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އަދި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފަ އެވެ. 

ޗައިނާއިން ފަށާފައިވާ ތަމްރީން ތަކާއި ގުޅިގެން ޖަޕާންގެ ބޮޑުވަޒީރު ފުމިއީ ކިޝީދާ ވަނީ ޗައިނާ އިން މިހާރު މިހާރަށް ކުރިއަށް ގެންދާ ތަމްރީންތައް ހުއްޓާލުމަށް އަންގާފަ އެވެ. އަދި ޗައިނާއިން މިހާރު ކުރިއަށް ގެންދާ ތަމްރީން ތަކުގެ ސަބަބުން ޖަޕާނުގެ ސަލާމަތައް ނުރައްކާ ކުރާ ހިސާބަށް ގޮސްފައި ވާކަމަށެވެ. 

އަދި ޗައިނާއިން ކުރިއަށް ގެންދާ ތަމްރީން ތަކުގައި ބޭނުންކުރި ފަސް މިސައިލެއް ޖަޕާނުގެ ސަރަހައްދު ތަކަށް ވެއްޓިފައި ވާކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް ޗައިނާއިން ވަނީ، ޖަޕާނުން ކުރަމުން އަންނަ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

67%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް