ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދިވެހި ރާއްޖޭގެ އިހުގެ ފޮޓޯއެއް
ކާބަފައިން މިއަދު ކަރުނަ އަޅާ ރޯނެ އެވެ.!
ގައުމުގެ އަދުގެ ހާލަތަކީ އެތައް ބަޔަކު މިއަދު ކަރުނަ އަޅާ ހިތާމަ ކުރާ ހާލަތެކެވެ. ބައެއް މީހުން އެކަމާއި މެދު ލަދުން އިސް އުފުލާލަން ނުކުރޭ އިރު ބައެއް ފަރާތްތަކުން މިކަމާއި ގުޅިގެން ތިބީ ބުނާނެ އެއްޗެއްވެސް ނެތިފަ އެވެ.
Advertisement

އެންމެ ކަމެއް ދެކަމެއް ނޫނެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް މިއަދު ފެނިގެން މިދަނީ، އަހަރުމެންގެ ކާބަފައިން އަހަރުމެންނާއި ވަތަން ހަވާލުކުރި އިރު އޮތްގޮތާ މުޅިން ހިލާފު އެތައް ކަމެކެވެ. ރޯމާ ދުވާލު މި ދިވެހި މުޖްތަމައުގެ ތެރޭ އެތައް ނުބައި އަމަލުތަކެއް ކުރަމުން ދާއިރު، ހަމަ ޔަގީނުންވެސް މިއަދު އަހަރުމެންގެ ކާބަފައިން މިކަންކަމާއި މެދު ހިތާމަ ކުރާނެ އެވެ. އެހެން ނަމަވެސް މިއަދަކު އެ ކާބަފައިންނެއް ނެތެވެ. 

ގައުމެއް ގައުމެއްގެ ގޮތުގައި އޮންނަނީ، ގައުމުގައި ތިބޭ ރައްޔިތުންގެ އަމަލުތަކުގެ ސަބަބުންނެވެ. ފަހުގެ ތާރީހުތަކުންވެސް ގައުމުތަކަށް ގައްދާރުވި ފަރާތްތަކުގެ ސަބަބުން ބައެއް ގައުމުތަށް ހަލާކުގެ ތެރެއަށް ވެއްޓިފައިވެ އެވެ. ހުރިހާ ފަހަރަކު ބޭރުގެ އިސްތިއުމާރީ ބާރުތަކުން ގައުމު އަޅުވެތި ނުކުރިނަމަވެސް ގައުމުގެ ރައްޔިތުންގެ ކަންކަމުގެ ސަބަބުން ގައުމު ހަލާކުވެ އިނދަޖެހެ އެވެ. 

ދައްކަން މިއުޅެނީ އެންމެ ވާހަކައެއް ނޫނެވެ. އެތައް ވާހަކައެކެވެ. ގައުމުގެ ކަންކަމުގައި ބަސްބުނެ ގައުމުގެ ކަންކަމުގެ ޒިންމާތައް އަދާ ކުރުމަށް ރައްޔިތުން ވަނީ އެތައް މަންދޫބުންނެއް އައްޔަން ކޮށްފަ އެވެ. އޭރު މަންދޫބުން އައްޔަން ކުރީ އެއްވެސް ހާލަތެއްގައި މިހެން ގައުމަށް ވެދާނެ ކަމަށް ދެކިގެނެއް ނޫނެވެ. ގައުމުގެ ކަންކަން ހައްލު ކުރުމަށް ގައުމު އާރާސްތުކޮށް އުފާވެރި ތާހިރު އަމާން ތަހުޒީބީ ދިރިއުޅުމެއް އުޅުމުގެ އުއްމީދުގައެވެ. އުމްރާނީ ތަރައްގީ އާއި އިންސާނުންގެ ތަރައްގީއަށް ފާގަތި އުޖާލާ ދިރިއުޅުމެއްގެ ހުވަފެންތައް ދެކިގެނެވެ. 

your imageފުލުހުން ސަރަހައްދެއް ބަންދު ކޮށްފަ 

ގައުމުގެ ކަންކަމުގައި ބަސްބުނެ ގައުމުގެ ހުންގާނުގައި ހިފައިގެން ތިބެ މިއަދު މި ފެންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ކުރުމަށް ހުރަސްތައް ކުރިމަތިކުރުވާ މަންޒަރެވެ. ބައެއް މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލު ނުކޮށްފިނަމަ ހެއްދެވި ނުހެއްދެވި އަށް ގޮވަނީ އެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ ކުރިމަތީ އެންމެނަކީވެސް އެއްވަރެއްގެ ބައެކެވެ. އެއީ އަމީރަކަށް ވިޔަސް އަދި ގަރީބަކަށް ވިޔަސް ވަރިހަމަ އެވެ. ހަމަ އެންމެން ވަނީ އެއްވަރެވެ. ކަޅު ކުލައިއިން ލިޔެފައިވާ އެ ގާނޫނު އަސާސީއިން އިސްތިސްނާވާނެ ހަމަ އެކަކުވެސް ނެތެވެ. 

މާޒީގެ ސަފްހާތަށް ނިއުޅުވާލާއިރު، ފެނިގެން ދަނީ، ދިވެހިން އުފާވެރިކަމާއި އެކު އެއްބައިވަންތަ ދިރިއުޅުމެއް އުޅެމުން ދިޔަ ތަނެވެ. ފާހިޝް އަމަލުތަކާއި، ދުރު ވަތަނީ ލޯބި ޖެހިފައިތިބި ދިވެހިން އުޅެމުން ދިޔަ މަންޒަރެވެ. އަވަށްޓެރިޔާގޭގައި ކާނެ އެއްޗެއް ނެތް ނަމަ އަތުގައި ހުރި ގަރުދިޔަ ފޮދު ގޮސް ދެނީ އަވަށްޓެރިޔާ އަތުން ބަދަލުގައި އެއްޗެއް ހޯދުމަކަށް ނޫނެވެ. އޮތް ލޯއްބެއްގެ ބޮޑުކަމުންނެވެ. އެއީ އަހަރުމެންގެ ކާބަފައިން އަހަރުމެންނަށް ދަސްކޮށްދިން ރީތި މިސާލެވެ. ރިވެތި އަހުލާގެވެ. 

your imageއިހުގެ ދިވެހި އާއިލާއެއް

އެހެން ނަމަވެސް މިއަދު ގައުމުގެ ހާލަތު މިވަނީ ހުރިހާ ގޮތަކުންވެސް ބަދަލުވެފަ އެވެ. ބައެއް މީހުން ބިރެއް ފިކުރެއް ނެތި އެއްޖިންސުން ގުޅުން ހިންގަނީ އެވެ. އަނެއް ބަޔަކު އަތޮޅު ތެރެއާއި މާލެ އާއި ހެދި ތަޅާ ފޮޅަނީ އެވެ. އަނެއް ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކު ވަނީ އެވެ. އަނެއްބަޔަކު މީހުން މެރުމާއި މާރާމާރީ ހިންގުމުގަ އެވެ.

މާރާމާރީތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. އީދެއް ވަޅު އީދެއް ބެލުމެއް ނެތި ވަޅިޖަހަމުން ދަނީ ބިރެއް ފިކުރެއް ނެތި އެވެ. އަނެކާގެ ގަޔަށް އެއްވެސް ޖެހިލުމެއް ނެތި ވަޅިން ހަމަލާދެނީ، އެއީ ހަމަ ގާމުވެސް ދިވެހިން ކުރިން އުޅުނު ގޮތެއް ނޫނެވެ. މާރާމާރީ އާއި ތަޅާފޮޅުމަކީ ކުރިން ދިވެހިން ކުރި ކަންކަން ކަމަށް ފެންނާނެ ހެއްކެއް ނެތެވެ. އެހެން ނަމަވެސް މިއަދު މިވަނީ މިކަންކަންވެސް އާއްމު ކަމަކަށް ވެފަ އެވެ. 

އެއްޖިންސުން ގުޅުން ހިންގި ބައެއްގެ ވާހަކަ މިއަދު ދައްކަމުން އަންނަ އިރު، އެކަމުގައި ޝާމިލްވެފައި ތިބި ފަރާތްތަކަކީ، ގާނޫނު ތަންފީޒު ކުރުމާއި، ގާނޫނު ހެދުމުގެ އިތުރުން ގާނޫނު ފުރިހަމައަށް ދަންނަ މީހުންނެވެ. ވަކީލުންނާއި، މަޖިލީހުގެ ކުރީގެ މެމްބަރުންނާއި ފުލުހުންގެ އިދާރާގެ އޮފިސަރުންނެވެ. ދަރިވަރުންނަށް ކިޔަވައިދޭ އެދުރުންނެވެ. 

your imageއެއްޖިންސުން ގުޅުން ހިންގި މީހުން ބޭނުންކުރި ކޮޓަރި

މި ފަރާތްތަކުގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވި ބަންދުގައި ތިބި އިރު، މި ފަރާތްތަކުގެ ދިފާއުގައި ތެދުވެ ވާހަކަ ދައްކާ މީހުންވެސް މިއަދު ގައުމުގެ ތެރޭ އެބަތިއްބެވެ. ވިޔަފާރި ބައްދަލުވުމަށް އެބުނާ ކޮޓަރިއަށް ގޮސް ކުރި ކަންތައް ދައުރުވަމުން އަންނަ ވީޑިއޯ ތަކުން ފެނިގެންދެ އެވެ. ޑްރަގް އެންފޯސްމަންޓުގެ އޮފިސަރު ކޮޓަރިން ނިކުތުމުގެ ކުރިން ދިއްކޮށްލީ، "ޕީސް" ކޮޅެވެ. އަނެކަކު ބުނީ، އެއީ ހަމަ އެޑިޓެއް ކަމަށެވެ. ދެ ޓީޗަރުން އުޅުނީ ގުރޫޕު ހަދައިގެނެވެ.

މިކަންކަމާއި ގުޅިގެން ތަންފީޒީ އިދާރާތަކުން ފިޔަވަޅު އަޅަން ފެށުމުން، މަތިފަޑިން ގޮވާލީ، އެކަން ކުރަނީ ވަކި ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި އެއީ ވެރިމީހާގެ ނުބާނުލަފާކަމުން ކުރި ކަމެއް ކަމަށްވެސް ބުނި އަޑު އެހީމެވެ. އޭގެ ފަހުން ދެން އިވިގެން ދިޔައީ، ގައުމުގެ އެންމެ މަތީ ވެރިޔާގެ ބޮލުގައި އެޅުވި މުޑުދާރު ތުހުމަތެވެ. ހަތަރު ފޮޓޯ ގަނޑެއްގެ ވާހަކަ ދެއްކުމަށްފަހު ކުއްލިއަކަށް ފޯނު ޖަހައިގަތީއެވެ. 24 ގަޑިއިރު ހަށިފާރަވެރިން ގޮވައިގެން އުޅުއްވަނިކޮށް ފޯނު ފޭރިގަތް ކަމީ، މިއަދު ބަޔަކު ގަބޫލުކުރާނެ ވާހަކައެއް ކަމަށް ބުނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. 

އުފަން ދަރިއަށް ޖިންސީ ގޯނާ ކުރާ އެތައް މައްސަލައެއް ފާއިތުވެގެންދިޔަ އަހަރު ތަކުގައި ވަނީ ފެންމަތިވެފަ އެވެ. ބައްޕަ އާއި ކާފަ ވެގެން ދެ އަހަރު ނުވާ ކުއްޖާގެ އިއްޒަތް ގެއްލުވާލި އެވެ. އަނެއް ބަޔަކު އެއްޖިންސުން ގަދަކަމުން ގުޅުން ހިންގަން މަޖުބޫރުކޮށް އެކަން ކުރުވާ އެތައް މައްސަލައެއް ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅި އެވެ. އެހެން ނަމަވެސް އަދިވެސް މިކަންކަމަށް ހައްލެއް ނުލިބެ އެވެ. 

ދާދި މިދާކަށް ދުވަހު އަޑުއިވިގެން ދިޔައީ، އަތޮޅު ތެރެއިން ކުދިބަޔަކު އެހެން ކުއްޖަކަށް ދަނޑިބުރިން ތަޅާ އަނިޔާކުރި ވާހަކަ އެވެ. އެކުއްޖާ އަކީ ނިކަމެތި އާއިލާއެއްގެ ކުއްޖެއް ކަމަށްވުމީ، އެކުދިން އެކުއްޖާއަށް އަނިޔާކުރަން ޖެހުނު ސަބަބެވެ. އެހެން ނަމަވެސް މިއީ އަހަރުމެންގެ ކާބަފައިން އުޅުނު ގޮތެއް ނޫނެވެ. އެމީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވެ އެކުގައި އުޅުނު ބައެކެވެ. 

ކޮންމެއަކަސް މި ވާހަކަތަކަކީ، ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. އަހަރުމެންނަށް އަހަރުމުންގެ ކާބަފައިން ދަސްކޮށްދިން ތާހިރު ދިރިއުޅުމަކީ މިއެއް ނޫނެވެ. މި ދިރިއުޅޭ އުޅުން ތާހިރެއް ނޫނެވެ. ނުތާހިރެވެ. މުޑުދާރެވެ. އެހެނީ، މިއަދު އަހަރުމެންގެ ކާބަފައިންނަށް އަހަރުމެންގެ މި ދިވެހި ރާއްޖެ ފެނި ގިސްލާ ކަރުނަ އަޅާނެ އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް