ads
ޕާކިސްތާނުގައި ވާރޭ ވެހި ފެންބޮޑުވެފައި..
ޕާކިސްތާނުގައި ފެންބޮޑުވެ 500 އަށްވުރެ ގިނަ މީހުން މަރު ވެއްޖެ
ޕާކިސްތާނުގެ އެކި ސަރަހަައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 550 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ހަވާލާދީ ބީބީސީ ނިއުސްގައި ރިޕޯޓްކޮށްފައި ވަނީ ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ގައުމުގެ ހުޅަނގު ދެކުނުގައި ބަލޮޗިސްތާން ޕުރޮވިންސަށް ކަމަށެވެ. 

މި ވިއްސާރައިގައި އެތަށް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު ޕާކިސްތާނުގެ ކަމާއިބެހޭ އިދާރާތަކުން ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ. 

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ފެންބޮޑުވެ ހާލުގައި ޖެހިފައިވާ އަދަދު މިހާރު ވަނީ 46،200 އަށް ވުރެން މަތީގަ އެވެ. 

your imageޕާކިސްތާނުގައި ވާރޭ ވެހި ފެންބޮޑުވެފައި...

ޕާކިސްތާނުގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ ވާރޭ ވެހި ފެންބޮޑު ވުމުގެ ސަބަބުން ގޭގެއަށާއި ފިހާރަ ފަދަ ވިޔަފާރި ކުރާ ތަންތަނަށް ފެންވަދެ ކާބޯތަކެއްޗާއި، ހިފައި ގެންގުޅޭ ގިނަ ތަކެތި ހަލާކުވެފައިވާ ކަމަށެވެ. 

އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވާ ބަލޮޗިސްތާން ޕުރޮވިންސުގެ ބައެއް ސަރަހައްދުތަކުން ކާބޯތަކެތިވެސް ހުސްވާން ކައިރިވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

your imageޕާކިސްތާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި..

ދާދި ފަހަކުން ވަނީ އިންޑިޔާ އަދި ބަނގުލަދޭޝް އަށްވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތަށް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށާއި، އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފަ ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް