ads
މިނިސްޓަރު ބައެއް ޓީޗަރުންނާއެކު
"މުސާރައަށް އައި ހެޔޮ ބަދަލު މަސައްކަތުގެ ފަރުވާތެރިކަމުން ދައްކާދިނުމަށް އެދެން"
ޓީޗަރުންގެ މުސާރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ހެޔޮ ބަދަލު، ސްކޫލުތަކުގައި ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ދައްކާދިނުމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.
Advertisement

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމު ބިނާކުރުމުގައި މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ އެންމެހާ މުވައްޒަފުން އަދާކުރާ ދައުރު މި ސަރުކާރުން ބަލައިގަންނަ ކަމަށެވެ. 

އެކަމުގެ ހެއްކަކީ، މެއި މަހުން ފެށިގެން މުދައްރިސުންނަށް ރައީސް ސޯލިހު ގެނެސްދެއްވި މުސާރައިގެ ބޮޑު ކުރިއެރުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މުސާރައަށް އަށް އައި ހެޔޮ ބަދަލު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ދައްކާދިނުން ކަމަށެވެ. 

"އަޅުގަނޑު އެދެނީ މުސާރައަށް އާ އެ ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުންނާއި، ދަރިވަރުންގެ ތަރުބިއްޔަތާއި، ފިކުރުން ފެނިގެން ދިއުން. އަޅުގަނޑުމެންގެ މުދައްރިސުން ކުރައްވާ މަސައްްކަތްތަކީ މުޅި ގައުމަށް އަދި މުޅި ޖީލަށް އޭގެ އަސަރު ފޯރާ މަސައްކަތްތަކެއް. އެހެންކަމުން ތިޔަބޭފުޅުން ވާންވާނީ އަމަލުތައް އިހުލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ ދަރިވަރުންގެ މައުސޫމު ކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ހާސިލުކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށް އެކުއްޖެއްގެ ހުނަރާއި، ގާބިލުކަން ދެނެގަންނަން ޖެހޭ ކަމަށާއި، އެހެން ކުދިންނާއި، ކޮންމެ ކަމެއްގައި ވާދަކުރުމުގެ ބަދަލުގައި، ވާދަކުރަންވީ އަމިއްލަ ނަފްސާ ކަމަށެވެ. ކާމިޔާބުގެ ސިއްރަކީ ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިިނިސްޓަރު ވިދާޅުވީ، މުޖުތަމައުއަށް ކުއްޖާ ނިކުމެ މީހުންނާއި މުއާމަލާތު ކުރަންވެސް ބޭނުންކުރަނީ ސްކޫލުދައުރުގައި ކުދިންގެ ގައިގާ އަށަގަންނުވޭ ތަރުބިއްޔަތާއި އުޅުން ކަމަށެވެ. އެހެންކަމުން ސްކޫލުގައި އުޅޭ މަދު ދުވަސްވަރު ތައުލީމީ ދައުރު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް