ads
އުއްތަމަ ފަނޑިޔާރު
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް އުއްތަމަ ފަނޑިޔާރު ދެއްވައިފި
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެކަމުގެ އިޝާރާތެއް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ދެއްވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ ނުސީދާ އިޝާރާތެއް އުއްތަމަ ފަނޑިޔާރު ދެއްވީ، ހައިކޯޓަށް އަލަށް އައްޔަން ކުރެވުނު ދެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރެވުނު ދެ މެޖިސްޓްރޭޓަކު ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.



ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ނުސީދާކޮށް ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަންނަ ބަދަލާއި އެއްކޮށް ކަންކަން ބަދަލުވެގެންދާކަން އެނގެން ޖެހޭ ކަމަށެވެ.

އަންނަ ބަދަލާއި އެއްކޮށް ހާލަތު ބަދަލުވީމާ އެބަ ބަދަލު ކުރާން ޖެހޭ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިޒާމް މިހާރު ތަރުތީބުވެފައި އޮތް ގޮތާއި ހާލަތު ބަދަލުވުމާ ގުޅިގެން ބަންޑާރަ ނައިބުވެސް އަދި ދައުލަތުންވެސް އަދި އެހެން އިދާރާތަކުންވެސް އެބަ ބަދަލުތަކެއް ގެންނަވާ. ފަނޑިޔާރުގެއަށްވެސް އެބަ ސްޓްރަކްޗަރަލް ޗޭންޖް އެބަ އަންނަން ޖެހޭ މާޒީއާ ހާލަށް ބަލާފައި. ކުރިން އޮތް ސުޕްރީމް ކޯޓުން ނޫން މިއަދު މިއޮތީކީ އަދި މާދަމާ އޮންނާނީ ކޮން ސުޕްރީމް ކޯޓެއް ކަމެއް ނުވަނަ ކޮން ކޯޓުތަކެއް ކަމެއްވެސް އަޅުގަނޑަކަށް ނޫން ދަންނަވަން އެނގޭނީ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ނުސީދާކޮށް، ދައުލަތުގެ އެއް ބާރުގެ އެންމެ އިސްވެރިޔާ ދެއްވިއިރު، ދައުލަތުގެ އަނެއް ދެބާރުގެ ވެރިންގެ މެދުގައިވަނީ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައެވެ.

އަނެއްކޮޅުން އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ޝަރީއަތްތައް ކޯޓުގައި ކުރިއަށްދާއިރު ކުރިން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރަކުވަނީ ސުޕްރީމް ކޯޓަށް ޕްރޮމޯޓްކޮށްފައެވެ. އަދި އިދިކޮޅު ލީޑަރު ޔާމީންގެ ގޭގައި މި ފަހަކުން ހަރުކޮށްފައިވާ ބެނާއެއްގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކަށް މަޖިލީހުގެ ރައީސް އަދި ދައުލަތުގެ އެއް ބާރުގެ ވެރިޔާވަނީ ފާޑު ވިދާޅުވެފައެވެ.

 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް