ads
ނަޝީދު އަދި ރައީސް ސޯލިހް
ރައްޔިތުންގެ މަޖިލީސް އުވާލުމުގެ ބާރު ރައީސްއަށް ލިބިދޭ އިސްލާހެއް
ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅު ވެއްޖެނަމަ މަޖިލީސް އުވާލުމުގެ ބާރު ލިބިދޭ އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނިންމަވައިފި އެވެ.

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ ރައީސް ނަޝީދު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ އެކިފަހަރު މަތިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ބޭނުންވާކަމަށް ވިދާޅުވެ ވާހަކަފުޅުވެސް ދައްކަވާފަ އެވެ. އަދި ބަރުލަމާނީ ނިޒާމް ގެނައުމަށް ހާއްސަ ޕެޓިޝަނެއްވެސް އެމަނިކުފާނު އިސްވެ ހުންނަވާ ވަނީ ފައްޓަވާފަ އެވެ. 

އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުމަށް ނިންމަވާފައިވާ، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އިސްލާހުގެ ޑްރާފްޓުގައި ވާގޮތުން، ރާއްޖޭގެ ރައީސް ކަމަށް އައްޔަން ކުރައްވާ ބޭފުޅަކީ ރައްޔިތުންގެ 35 އިންސައްތަ ވޯޓު ލިބޭ ބޭފުޅަކަށް ވާންޖެހެ އެވެ. 

މިކަން ތަފްސީލް ކޮށްދެއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު އޮންނަ ދުނިޔޭގެ އެހެން ގައުމުތަކުގައި ރައީސް އަކީ މަޖިލީހުން އައްޔަން ކުރާ މީހެއް ކަމަށާއި، ރައީސް އަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދީފައިވަނީ ހަމައެކަނި ރަމްޒީ ބާރުތަކެއް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއަށް ތައާރަފްކުރު ނިޒާމުގައި ދައުލަތް ހިންގުމުގެ ގިނަ ބާރު ތަކެއް ރައީސް އަށް ދީފައި ވާނެ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރާއި، ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރާއި، ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމާއި، ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރުގެ އިތުރުން ގިނަ ބާރުތަކެއް ރައީސް އަށް މި އިސްލާހުގައި ދީފައި ވާނެ ކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީސް އުވާލެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނަށް ގެނައުމަށް މަސައްކަތް ކުރާ އިސްލާހުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

29%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް