ads
ހައި ސްޕީޑް ލޯންޗެއް
ދަތުރުފަތުރުގެ ނިޒާމް ފެށުމަށް ހައި ސްޕީޑް އުޅަނދު ހޯދަނީ
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ޕެލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ނިޒާމު ފެށުމަށް 14 ހައި ސްޕީޑް އުޅަނދު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ 14 އުޅަނޑު ބަނދެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. 

މި އުޅަނދުތައް ބަނދެ، ޓެސްޓްކޮށް، ޑެލިވާކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އުޅަނދުތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެ ކަމަށެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ދައުވަތު ދޭނީ ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވަނީ ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހެދި ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މި ހިދުމަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގައި ކަމަށެވެ. 

މިނިސްޓަރު ވަނީ ޕްލޭންގައި ލަފާ ކޮށްފައިވާ ގޮތަށް ކާމިޔާބު ކަމާއެކު ދަތުރުފަތުރުގެ ހިދުމަތްތައް ކުރިއަށްދޭތޯ ފުރަތަމަ ހަމަސް ދުވަހު ބެލުމަށްފަހު، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިނިސްޓަރު އަސްލަމް ވަނީ ދަތުރުފަތުރުގެ ހިދުމަށް ދިނުމަށް ބޭނުންކުރާނީ 30 މީހުންގެ ޖާގަ ހުންނަ، އެންމެ ދަށްވެގެން ވެސް ގަޑިއަކު 30 ނޯޓިކަލް މޭލަށް ދަތުރުކުރެވޭ ހައި ސްޕީޑް ލޯންޗް ފަހަރު ކަމަށްވެސް ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް