އުމުރުން އެންމެ ތޭރަ އަހަރުގެ މިރާލް މިރެކޯރޑް އައުކޮށްފައިވަނީ 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެން ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުންޏެވެ. މިހާތަނަށް މި ރިކޯޑު އޮތީ އައިޝަތު ސައުސަން އަތުގައެވެ. ސައުޝަން ރެކޯޑް ހަދާފައިވަނީ ޕާކިސްތާނުގައި ދެހާސް ހަތަރުވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައެވެ. އެއީ މީގެ އަށާރަ އަހަރު ކުރިއެވެ.
ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިން ޓީމުން ހަތަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑްވެސްވަނީ އާކޮށްފައެވެ. ރާއްޖޭގެ ސްވިމިން ޓީމުން ހަތަަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭ ނިންމީ 4:01.23 އިންނެވެ. މިއީ އެންމެ ފަހުން އޮތް ރެކޯޑަށް ވުރެ ނުވަ ސިކުންތު އަވަސް ވަގުތެކެވެ.