ads
އެމްޑީޕީގެ ކޮންގްރެސް
ހާހަކަށް ވުރެ ގިނަ މަންދޫބުންނާއި އެކު އެމްޑީޕީގެ ކޮންގްރެސް ފަށައިފި
ރާއްޖޭގެ އެންމެ ގިނަ މެމްބަރުން މިވަގުތު ތިބި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް ހާހަކަށް ވުރެ ގިނަ މަންދޫބުންނާއި އެކު ފަށައިފި އެވެ.
Advertisement

މިރޭ 21:00 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ފެށި މި ކޮންގްރެސްގައި މަންދޫބުންގެ ގޮތުގައި ބައިވެރިވުމުގެ ހައްގު ޖުމްލަ 1447 މަންދޫބަކަށް ލިބިފައި ވީނަމަވެސް މިރޭގެ ކޮންގްރެސްގައި މަންދޫބުންގެ ގޮތުގައި ބައިވެރިވެފައި ވަނީ، 1157 މަންދޫބުންނެވެ. 

ތިން ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މި ކޮންގްރެސްގައި އެންމެ ބޮޑު ބަހުސް އަކަށް ވެގެން ދާނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު އެޕާޓީގެ ކޮންގްރެސް އިން ދެކޭ ގޮތާއި މެދު ނިންމާ ގޮތެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ކޮންގްރެސްގެ ތެރެއިން ހަވާލު ކުރަން ނިންމާފައި ވާކަމަށް ބުނެ މިއަދު އަޑުފެތުރިފައި ވާއިރު، އެޕާޓީއިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. 

އެމްޑީޕީއިން ބުނީ، ޕާޓީގެ ޓިކެޓު ދިނުމާއި މެދު ކޮންގްރެސްގައި އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާނެ ކަމަށާއި، ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށާއި ކޮންގްރެސް ތެރޭގައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ހުށަހެޅުމެއް ނެތް ކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް