ads
ރައީސް ޔާމީންގެ ދެކަނބަލުން އަދި ދަރިކަނލުން ޒޭން
އިތުރަށް ވެރިކަމަށް ކުރިމަތިލާކަށް ރައީސް ޔާމީން ބޭނުމެއްނުވޭ، އާއިލާއިންވެސް ނުރުހޭ
ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި "ހަވާލޭ ވަތަން" ޖަލްސާގައި އެޕާޓީގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަނީ އަރުވާފަ އެވެ. ނަމަވެސް ޓިކެޓާއި ހަވާލުވުމަށްފަހު، ޕޯޑިއަމަށް އަރާ ދެއްކެވި ވާހަކަފުޅުތެރޭ ރައީސް ޔާމީން ވިދާޅުވީ، އެއީ އެންމެ އުފަލުން އުފުލޭނެ ޒިންމާއެއް، ނުވަތަ މަސްއޫލިޔަތެއް ކަމުގައި މިއަދު ގަބޫލުނުކުރައްވާ ކަމަށެވެ.
Advertisement

ސަބަބަކަށް ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު އޮތްގޮތުން އެކަމަކީ އާއިލާއިންވެސް އެންމެ ރުހޭ ކަމަކަށް ނުވުމެވެ. އަދި ހުދު އެމަނިކުފާނުވެސް އެމަސްއޫލިއްޔަތު އުފުލަން އިތުރަށް ބޭނުން ނުވުމެވެ. ނަމަވެސް ހަަމަ އެނޭވާގައި އެއީ ދޫކޮށް ނުލެވޭނެ، ޒިންމާއެއް ކަމާއި، ހަވާލުވުން މަޖުބޫރު މަސްއޫލިއްޔަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

ތި ހަވާލުކުރެއްވި ވަރުގަދަ އަމާނާތް ވަރުގަދަ މަސްއޫލިޔަތު މިއީ އެންމެ އުފުލަން ބޭނުންވާ މަސްއޫލިއްޔަތު ކަމުގައި ނުވިނަމަވެސް އަޅުގަނޑަކަށް މިއަދު ހަަމަ ހަގީގަތުގައިވެސް، [މި ގައުމީ ކޯލް ނުވަތަ ވާޖިބު ދޫކޮށްލެވޭކަށް.] އަދިވެސް އަޅުގަނޑުގެ އާއިލާއަކުން ފުރިހަމައަށް މިކަމަކަށް ތާއީދެއް ނުކުރޭ، އެހެންނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރުވެއްޖެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ވެރިކަމާއި ހަވާލުވާން މަޖުބޫރުވާ ސަބަބެއްގެ ގޮތުގައި، ޔާމީން ދެއްކެވީ، ގައުމުގެ މަސްލަހަތާއި، ގައުމިއްޔަތު އަދި އިސްލާމުދީނުގެ ހިމާޔަތާއި ގައުމުގެ މިިނިވަންކަމުގެ ދިފާއުގައި ނިކުމެ، ބަސްބުނެވޭނެ އެއްވެސް ލީޑަރެއް އިތުރަށް ނެތުމެވެ. އަދި ގައުމީ ހާލުގެ ދުލުން ރައީސް ޔާމީނަށް ގޮވާގޮވުންތަކެވެ. 

ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކުރަން ނިންމީ، އެ ޕާޓީގެ 99 ސެނެޓު މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި ޕީޕީއެމް ޓިކެޓުގައި 2023 ވަނަ އަހަރު ވާދަކޮށް ރައީސް ޔާމީން ވެރިކަމާއި ހަވާލުވުމަކީ، ރާއްޖޭގެ ހާލަތު މިހާރު އޮތް ހިސާބުން މިއަދު ގައުމުގެ ހާލުގެ ދުލުން ގޮވާ ގޮވުމަކަށް ވެގެންގޮސްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަން ރޭގެ ޖަލްސާއިން ސާފުކޮށް ފެންނަމުންދިޔަ ކަމަށް ވިދާޅުވި އެވެ.

" ތިބޭފުޅުންގެ ހިތްވަރުން އަޅުގަނޑު ހިތްވަރު ހޯދަން މިޖެހެނީ، މި ގައުމީ ކޯލް، ނުވަތަ ގައުމީ ޒިންމާ ދޫކޮށްލެވޭކަށް މިއަދަކު ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ސިޔާސީ ލީޑަރެއްގެ ހަކަތައަކީ އޭނާއަށް ބައިތުހިފާ، އޭނާއަށް ތާއީދުކުރާ މީހުން ކަމަށާއި މިއަދު ވެރިކަމުގެ ޒިންމާއާއި ހަވާލުވާން މަސައްކަތް ކުރަން ނިކުމެ ހުންނެވީ އެ މީހުންގެ ތާއީދާއި ދޭ ހިތްވަރާއި، އެހީތެރިކަމުން ކަމަށެވެ.

ނަމަވެސް ޓިކެޓާއި ހަވާލުވުމަކީވެސް، އަދި ވެރިކަމާއި ހަވާލުވުމުގެ ވިސްނުމަކީވެސް އޮތް ވިސްނުމެއް ނޫން ކަމަށް ތަކުރާރުކޮށް އެ ޖަލްސާގައި ވިދާޅުވަމުންދިޔަ އެވެ. އަދި އެމަސައްކަތުގައި ކޯލިޝަން ހަދަންޖެހިއްޖެނަމަ ހެދިނަމަވެސް އެކަމަށްޓަކައި ފަރުތަކާއި، ރަށްތަކާއި، ގިރިތައް ނީލަންކިޔާ ބައިއަޅައިގެން ކޯލިޝަން ހެދުމަކީ ވެސް އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވަނީ، އެ ޒިންމާ ހަވާލުކުރެއްވީތީ އެކަމަށް ޕީޕީއެމްގެ ސެނެޓާއި، އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުންނާއި ޕާޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ. ވިދާޅުވީ، މަޖުބޫރުވެގެން އެ މަސްއޫލިޔަތާއި ހަވާލުވިނަމަވެސް އެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާނެ ކަަމަށެވެ. 

54%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް