ads
އެމްޑީޕީ ކޮންގްރެސް 2022——
އެމްޑީޕީ ކޮންގްރެސްގައި މިރޭ މިއުޒިކް ޝޯއަކާއި، ބޮޑިބަތް ފަރިކޮޅެއް
އެމްޑީޕީގެ ކޮންގްރެސް މަންދޫބުންގެ ޝަރަފުގައި މިރޭ މިއުޒިކް ޝޯއަކާއި ބޮޑިބަތް ފަރިކޮޅެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ، މިއުޒިކް ޝޯއަކާއި ބޮޑިބަތް ފަރިކޮޅު މިރޭ ނުވައަކުން ފެށިގެން ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ. މިރޭ ކޮންގްރެސްގެ މަޝްވަރާ ޝެޝަންތަކެއް ނޯންނާނެއެެވެ. ސެޝަންތައް މިއަދު 18:00 އަށް ނިންމުމަށްފަހު ދެން ފަަށާނީ މާދަމާ ހެނދުނު 09:00 ޖަހާއިރު އެވެ.

އެޕާޓީގެ މިއަހަރުގެ ކޮންގްރެސް ފަށާފައިވަނީ، ރޭގައެވެ. އަދި މިއަދުވެސް އެ ކޮންގްރެސްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އެބަދެއެވެ. މި ކޮންގްރެސް ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ރޭ 21:00 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ފެށި އެ ކޮންގްރެސްގައި މަންދޫބުންގެ ގޮތުގައި ބައިވެރިވުމުގެ ހައްގު ޖުމްލަ 1447 މަންދޫބަކަށް ލިބިފައި ވީނަމަވެސް ރޭގެ ކޮންގްރެސްގައި މަންދޫބުންގެ ގޮތުގައި ބައިވެރިވެފައި ވަނީ، 1157 މަންދޫބުން ނެވެ. 

ތިން ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން ކުރިއަށް ގެންދާ އެ ކޮންގްރެސްގައި އެންމެ ބޮޑު ބަހުސް އަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރެވެ. 

މިހާތަނަށް ތިން ދަންފަޅިއަކަށް މިއަދުގެ ކޮންގްރެސް ސެޝަންތައް ބާއްވާފައިވެއެވެ. މިއަދުގެ ސެޝަންތައް ނިންމާލަން ތާވަލުކޮށްފައިވަނީ 18:00 ގައެވެ. 

މިއަދު ފުރަތަމަ ސެޝަންގައި އޮތީ ގައުމީ މަޖިލީހުން ނިންމާފައިވާ ގަރާރުތަކުގެ މައުލޫމާތުތައް އިއްވުމެވެ. އެއަށްފަހު ޕާޓީގެ ރައީސް ކޮންގްރެސްމަނުންނާއި މުހާތަބުކޮށްފައިވެއެވެ. އޭގެފަހުން އެކި މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް