ads
ރައީސް ނަޝީދު ކޮންގްރެސްމަނުންނަށް ކުރެއްވި ތުހުމަތަކާ ހެދި ކޮންގްރެސް ހޫނު ވެއްޖެ
އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ދަނިކޮށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ކޮންގްރެސްމަނުންނަށް ކުރެއްވި ތުހުމަތަކާއި ގުޅިގެން މުޅި ކޮންގްރެސް ހޫނުވެއްޖެ އެވެ.
Advertisement

މިއަދުގެ ކޮންގްރެސްގައި ނަޝީދު ވިދާޅުވީ، ކޮންގްރެސްއަށް އައިސްތިބި ވަރަށް ގިނަ ގޮފިތައް ގަވާއިދާއި ހިލާފަށް އެތަނަށް ވަދެތިބިކަން އެނގޭ ކަމަށެވެ. އެއާއިއެކު ނަޝީދަށް އިތުރަށް ވާހަކަދެެއްކުމުގެ ފުރުސަތު ނުދެއްވާ ކޮންގްރެސްތެރެ ވަރަށް ބޮޑަށް ހޫނުވެ، އަޑުގަދަވެގެން ދިޔަ އެވެ.

"މިތަނަށް ވަޑައިގެންތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވާއިދާއި ހިލާފަށް ހަދައިގެން މިތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށްވެސް އިނގޭ. އަޅުގަނޑު އިއްޔެގައިވެސް މިވާހަކަދެންނެވިން. އަޅުގަނޑު އިއްޔެގައިވެސް މިވާހަކަދެންނެވިން، އެހެންނަމަވެސް.... އެހެންނަމަވެސް..... އެހެންނަމަވެސް.... އެހެންނަމަވެސް...، ގޮފީގެ ގަވާއިދު އޮންނަގޮތް އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ....،" މިއަދުގެ ކޮންގްރެސް ބައްދަލުވުމުގަައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ ތަކުރާރުކޮށް، ކުރިއަށް ގެންދަވަން މަސައްކަތްކުރިނަމަވެސް ކޮންގްރެސްމަނުން އެ ފުރުސަތު ނުދެއްވާ އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. 

އެކަން ހުއްޓުވަން ރިޔާސަތުން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް ކޮންގްރެސްތެރެ އަޑުމަޑުވީ އެތައް ފަހަރަކު އަޑުމަޑުކުރެއްވުމަށް ރިޔާސަތުން އެންގުމަށްފަހު، ބައެއް މެމްބަރުންގެ ނަންވެސް އިއްވުމުން ނެވެ. 

އެއަށްފަހު ވާހަކަދައްކަން ފުރުސަތު ދެއްވުމުން ނަޝީދު ވާހަކަފުޅު ފުރިހަމަ ކުރައްވަމުން ވިދާޅުވީ، އެގޮތަށް އެކަން އެތޮސް ޕާޓީގެ އެންމެންނަކީ ޕާޓީގެ ރޫހުގައިތިބޭ ޕާޓީގެ މެމްބަރުންކަމަށް އިއްޔެވެސް ދެންނެވި ކަމަށެވެ. އެއެންމެނާއިއެކު ކޮންގްރެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ. 

"ހަމައެއާއެކީގައި އަޅުގަނޑުމެން ވިސްނެންޖެހޭނެ މި ކޮންގްރެސްގައި އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތަކާއި، ނިންމުންތަކަކީ އެއްހަމަ ކުރެވިގެން އެއްގޮތް ކުރެވިގެން ނިންމޭ ނިންމުންތަކަށް ހެދުމަށް. އެމްޑީޕީ ކޮންގްރެސްގައި ހަސްހާސް ނޫން އެއްވެސް ކަމެއް ނޯންނާނެ. އަދި އަބަދުވެސް ތިބޭފުޅުންގެ ޖަޒުބާތުތައް އުފުލިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ގޮފިތަކުގެ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއި މެދު އެޕާޓީގެ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ބުނެ، ކޮންގްރެސް ފެށުމަށް އެއްދުވަހަށްވެފައިވަނިކޮށް ކޮންގްރެސް ފަސްކޮށްދިނުމަށް އެދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު އަލީ އާޒިމް ވަނީ ސިޓީއެއްވެސް ފޮނުވާފަ އެވެ.

ނަމަވެސް ޕާޓީގެ ޗެއަ ފައްޔާޒު އިސްމާއިލް ވަނީ ކޮންގްރެސް ލަސްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ކޮންގްރެސް ފަށަން ކަނޑައަޅާފައިވާ ތާރީހަށް ކޮންގްރެސް ފަށާފަ އެެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް