މި ގޮތަށް ފާސްކޮށްފައިވަނީ ކޮންގްރެސްގައި ނަނގާވޯޓުތައް ނަނގާނީ ހާމަކޮށްގެންތޯ ނުވަތަ ސިއްރުކޮށްގެންތޯ ބެލުމަށް މެމްބަރުންގެ މެދުގައި ނެނގުނު ކަރުދާސް ވޯޓަކުން ނެވެ.
އެ ވޯޓުގެ ނަތީޖާއިން ފާސްވެފައިވަނީ ވޯޓުލާ މީހާ އެނގޭ ހާމަ ވޯޓެއް ކޮންގްރެސްގައި ނަނގާ ހުރިހާ ވޯޓެއްގައި ނެނގުމަށެވެ.
މި ގޮތަށް ފާސްވެފައިވަނީ ޖުމްލަ ވޯޓުދިން 1034 މީހުންގެ ތެރެއިން ޖުމްލަ 776 މީހުންގެ ވޯޓުންނެވެ. ސިއްރުކޮށްގެން ވޯޓުނަގަން 258 މީހުން ނެވެ. ނުވަ މީހަކު ވޯޓުލާފައެއް ނުވެއެވެ.
މިގޮތަށް ފާސްވުމުން މިހާރު ކޮންގްރެސްއަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ނިންމަންޖެހޭ މައްސަލަތަކުގެ ވޯޓުލުން ކުރިއަށްދަނީ މީހާ އެނގޭ ގޮތަށް، އިލެކްޓްރިކް ވޯޓަކުން ނެވެ.