ބަރުލަމާނީ ގަރާރު ހުށަހެޅުއްވުމަށް ޕާޓީގެ ޗެއަ ފައްޔާޒު އިސްމާއިލް ރައީސް ނަޝީދަށް ފުރުސަތު ދެއްވުމުން، ރައީސް ސޯލިހު އާއި ޗެއަ ފައްޔާޒު އާއިއެކު ސްޓޭޖުމަތީގައި ރައީސް ނަޝީދު ވަނީ ކުޑަމަޝްވަރާއެއް ކުރައްވާފަ އެވެ.
އެއަށްފަހު ރިޔާސަތުގައި އިށީދެވަޑައިގެން ވިދާޅުވީ، ގަރާރަށް ބަހުސްނުކޮށް އެހަށް މިހާރު އޮތްގޮތަށް ގަރާރު ބާއްވަން ނިންމަވާފައިވާ ކަމަށެވެ.
ނަޝީދު މިގޮތަށް ނިންމެވިކަން އިއުލާންކުރެއްވުމުން ކޮންގްރެސްގެ ރިޔާސަތުން ޗެއަ ފައްޔާޒުވަނީ، އެ އެޖެންޑާ ނިންމާލިކަން އިއުލާންކޮށްފަ އެވެ.
ކޮންގްރެސް ނިންމާލަން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވަން ރައީސް ސޯލިހަށް އެރުވި ފުރުސަތުގައި ރައީސް ސޯލިހު ވަނީ ނަޝީދުގެ ގަރާރު ހުށަނާޅުއްްވަން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވެ ތައުރީފުކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;