އެމްޑީޕީގެ ކޮންގްރެސް ނިންމާލަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮންގްރެސް ފެށުނުއިރު “ހޫނުވެފައި” އޮތް މާހައުލު ނިމިގެންދަނީ “އުފާވެރި، އެކުވެރި” ފިނިކަމަކަށް ބަދަލުވެގެން ކަމަށެވެ.
ވިސްނުން ދެން ބަހައްޓަންވީ 2023 އަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެ އަޒުމުގައި ވާދަވެރި ޕާޓީތައް ބަލިކުރުމަށް ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކާއިއެކު ނިކުންނަންވާނީ އެންމެން އެކީގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ، ނިމިގެންދިޔަ ކޮންގްރެސްއިން ފެނިގެންދިޔައީ ހިޔާލުތަފާތުވުންތައް ބޮޑުވިޔަސް ކޮންމެފަދަ ހާލަތެއްގައިވިޔަސް ޕާޓީ އޮތީ އެކީގައި ކަން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;