ads
ދެ ރައީސުން ފައްޔާޒު އާއިއެކު——ފޮޓޯ: ދައުރު
ހިޔާލުތަފާތުވުން އަދިވެސް އޮންނާނެ، މި ދައްކާދިނީ ނަތީޖާ ހޯދޭނެކަން: މިނިސްޓަރު ފައްޔާޒް
ކޮންގްރެސްއިން ދައްކާދިނީ، އެމްޑީޕީއަކީ ހިޔާލުތަފާތުވުންތަކާއިއެކުވެސް ނަތީޖާ ނެރޭނެ، ތަސައްރަފު ފުދިފައިއޮތް ބޮޑު ޕާޓީއެއްކަން ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ނިންމުމުގެ ގޮތުން ޗެއާޕަސަން ހައިސިއްޔަތުން ވާހަކަދަކަވަމުން ފައްޔާޒު ވިދާޅުވީ، ނިންމާލަމުން ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި މިސާލާއި، ވާހަކަފުޅަކީ 2023 ކާމިޔާބުކުރުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

އަދިވެެސް ޕާޓީތެރޭ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އޮންނާނެކަންް ކަށަަވަރުކުރެވޭކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ނަމަވެސް އެ ހިޔާލުތަފާތުވުންތަކާއިއެކު ވެސް އެމްޑީޕީން ނަތީޖާ ނެރޭނެކަން ތަކުރާރުކޮށް ސާބިތުކޮށްދެމުންދާ ކަމަށެވެ.

“ މި ޕާޓީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން މިދައްކައިދިނީ، އަދިވެސް އަޅުގަނޑުމެންތެރޭ ހަމަކަށަވަރުން ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށްވެސް އޮންނާނެ އެހެންނަމަވެސް އެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އަޅުގަނޑުމެނަށް ނަތީޖާ ހޯދޭކަން މިދަނީ އަބަދުގެ އަބަދަށް ދައްކަމުން. އަދި ކުރިއަށް އޮތް ތާގަވެސް އަޅުގަނޑުމެން އަމަލުތައް ހުންނާނީ އެހެން”ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަށް ކާމިޔާބު ހޯދުމުގައި ކުރަންޖެހުނު އެއްވެސް ކަމެއް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ފައްޔާޒު އެރުވި އެވެ. އެމްޑީޕީތެރޭ ވާ ދެބަސްވުންތައް އެއްގޮތްކުރުވާ، އެއްގޮތް ކުރުވުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށާއި، ކުރިއަށް އޮތްތާގައި ހިޔާލުތަފާތުވުންތައް އެއްގޮތްކުރުމަށް މަސައްކަތް ކޮށް އެކަމުގައި ކާމިޔާބު ހޯދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް