ads
ނ. މާފަރު. ފޮޓޯ: އަދަދު
ފާހާނާ ސާފު ކުރާ ފުޅިއެއް ބުއި ދިވެހި އަންހެނެއް މަރުވެއްޖެ
ކެމިކަލް އާޅާފައި ހުރި ފާހާނާ ސާފުކުރާ ފުޅިއެއް ބުއި ދިވެހި އަންހެނެއް މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ނ. މާފަރަށް އުފަން އުމުރުން 26 އަހަރުގެ އަންހެނެކެވެ. 

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން ކެމިކަލް އަޅާފައި ހުރި ފުޅިއެއް ބޮއެގެން އަންހެނެއް މަރުވެފައި ވާކަމަށާއި، އެ މީހާ އަށް ފުރަތަމަ ފަރުވާ ދިނުމަށް ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.  

އަދި އިތުރު ފަރުވާ ދިނުމަށް އެމެޖެންސީ ގައި މާލެ ފޮނުވާލި އިރު އެ މީހާ މަރުވެފައި ވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. 

އެ އަންހެން މީހާ އަކީ މީހަކާއި ކައިވެނި ކޮށްގެން ދަރިއެއް ހުރި އަންހެނެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އަމިއްލަ އަށް މަރުވާ މީހުންގެ މައުލޫމާތަކީ ފުލުހުން އާއްމުކުރާ މައުލޫމާތު ތަކެއް ނޫން ކަމުން މިކަމުގައި ފުލުހުންގެ ބަހެއް ލިބިފައި ނުވެ އެވެ. 

15%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް