އަލަމްގީރުގެ އިތުރުން ދެން ދައުވާ ކުރަން ފޮނުވާފައިވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ފުލުހެއްކަމަށްވާ އަބްދުއްރަހުމާނު ރަފީއުގެ މައްޗަށެވެ. އެ ހަތަރު މީހުންގެ މައްޗަށް އެއް ޖިއްސުން ގުޅުން ހިންގިކަމުގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުންފާޅު ކުރައްވާފައެވެ. މި މައްސަލައިގައި ނާޒިމް އެންމެ ފުރަތަމަ ހައްޔަރު ކުރީ ފިލައިގެން އަރިއަތޮޅުގައި އުޅެނިކޮށެވެ. ދެ ފަހަރެއްގެ މަތިން ނާޒިމް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހުންވަނީ ދޫކޮށްލާފައެވެ.