ads
އިބްރާހިމް ރަޝީދު (ބޮންޑޭ)
އަލަށް އެކުލަވާލެވުނު އޭސީސީވެސް ބޮންޑޭއަކަށް ކަމަކު ނުދިޔަ
އަލަށް އެލުލަވާލެވުނު އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ އިތުބާރު ގެއްލިއްޖެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. ބޮންޑޭ މިހެން ވިދާޅުވީ، ސަރުކާރުން ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާ ހިޔާނާތުގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އެކަމަށް ފާޑު ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވެންޓިލޭޓަރު ހޯދުމުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ގިނަ ބައެއްގެ މައްސަލަ އޭސީސީން ވަނީ ފައިލުކޮށްފައެވެ. މިކަމާމެދު ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ވެންޓިލޭޓަރު ގަންނަން ފައިސާ ދިން ކަމާއި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި އަލުން މި އޮތީ އޭސީސީއެއް ވެސް އެކުލަވައިލަން ޖެހިފައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރު އައި ފަހުން ދެވަނަ ފަހަރަށް އޭސީސީ އެކުލަވާލާފައިވާއިރު، އެމްޑީޕީން ފުރަތަމަ އެކުލަވާލި އޭސީސީއަށްވެސް އެންމެ ބޮޑަށް ފާޑުވިދާޅުވި އެކަކީ ބޮންޑޭއެވެ. ކުރިން އޮތް އޭސީސީއަށް ފާޑުވިދާޅުވެ ބޮންޑޭ ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ބާރު މިނުގައި ތަހުގީގު ނުކުރާ ކަމަށާއި އެތަނަކީ "ކޮރަޕްޝަންގެ ޕާކިން ޒޯނެއް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް