ads
ސްރީ ލަންކާ ވަނީ ކާބޯ ތަކެތީގެ އަގު އުފުލުނު ގައުމުތަކުގެ ލިސްޓުގެ 5 ވަނާގައި
ކާބޯތަކެތީގެ އަގު އުފުލުނު ގައުމުތަކުގެ ލިސްޓުގެ 5ވަނައިގައި ލަންކާ ހިމެނިއްޖެ!
ވޯލްޑް ބޭންކުގެ އެންމެ ފަހުގެ އެސެސްމަންޓް ދައްކާ ގޮތުން ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނު 5 ގައުމުގެ ތެރޭގައި ސްރީ ލަންކާ ހިމެނިއްޖެއެވެ.

މި ލިސްޓުގެ ކުރީގައި ލެބެނަން އޮތްއިރު ސްރީލަންކާ އަށްވުރެ ކުރީގައި ދެން އޮތް ގައުމުތަކަކީ ޒިމްބާބްވޭ، ވެނެޒުއޭލާ ތުރުކީ އަދި އީރާން އެވެ. 

ވޯލްޑް ބޭންކުން ބުނީ، ތަރުކާރީގެ ދަތިކަން ކުރިމަތިވެ، ލަންކާގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން 40 އާއި 50 އިންސައްތައާ ދެެމެދު ދަށްވެފައިވާ ކަމަށާއި، ކާބޯތަކެތި އެތެރެ ކުރުމަށް ބޭނުންވާ ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތެރޭގެ ކާބޯތަކެތީގެ އަގުތައް އަދިވެސް މަތިކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޖުލައި މަހާ ދެމެދު ލިބުނު މައުލޫމާތުތަކުން ދައްކާ ގޮތުގައި، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ހުރިހާ ގައުމެއްގައި ވެސް އިންފްލޭޝަން މަތިކަން ފާހަގަކުރެވެއެވެ. ދަށް ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ 92.9 އިންސައްތައާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ 92.7އިންސައްތަ އަދި މަތީ ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ 89 އިންސައްތަ، އިންފްލޭޝަން ލެވެލް %5 އަށްވުރެ މަތިވެފައި ވާއިރު، ގިނަ ޤައުމުތަކުގައި އިންފްލޭޝަން ހުރީ ޑަބަލް ޑިޖިޓް އިންފްލޭޝަން ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް