ads
އިންޑިޔާގެ ޕަންޖާބުގެ ފުށް ގުދަނެއްގައި މަސައްކަތްތެރީން ހަރަކާތްތެރިވަނީ
އިންޑިޔާއިން ގޮދަންފުށް އެކްސްޕޯޓްކުރުން ކޮންޓްރޯލް ކުރަނީ
އިންޑިޔާގައި ގޮދަންފުށުގެ އަގުތައް ހަމައަކަށް އެޅުވުމަށް ޓަކައި ފުށް އެކްސްޕޯޓް ކުރުން ކޮންޓަރޯލް ކުރުމަށް އިންޑިއާގެ ކެބިނެޓުން ފާސްކޮށްފިއެވެ.

އިންޑިޔާއަށް ހޫނުވުމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، އެތެރޭގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފައެވެ. 

ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ މެދުތެރޭގައި ފުށުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ކޮންޓްރޯލު ކޮށްފައެވެ. އިންޑިއާގައި ފުށުގެ ބާވަތްތަކުގެ ޑިމާންޑް އިތުރުވެ، އެކްސްޕޯޓް 200 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އެގައުމުގެ އެތެރޭގައި ފުށުގެ އަގު އުފުލިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައެވެ.

ގޮދަންފުށް އެކްސްޕޯޓް ކުރުން މަނާ ނުކުރުމުގެ ސިޔާސަތެއް މީގެ ކުރިން އިންޑިޔާގައި އޮވެއެވެ. އެހެން ކަމަުން މިފަހަރުގެ މިނިންމުން ނިންމުމަށްޓަކައި އެސިޔާސަތަށް ބަދަލު ގެންނަން ޖެހުނު ކަމަށް އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ގޮދަންފުށުގެ ބާވަތްތައް އުފައްދާ އިންޑިއާގައި މި ހަފުތާގައި ފުށް ޓަނެއްގެ އަގު ވަނީ 24،500 ރުޕީސް (307 ޑޮލަރު) ގެ ރެކޯޑް އަދަދަކަށް އަރައިފަ އެވެ.

ގޮދަން ފުށް އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރުމުގެ ކުރިން، އިންޑިއާއިން އަމާޒު ހިފާފައިއޮތީ މިއަހަރުގެ ތެރޭގައި  10 މިލިއަން ޓަނުގެ ފުށް އެކްޕޯޓް ކުރާށެވެ. އޭގެ ބޮޑުބައެއް އިންޑޮނޭޝިއާ، ފިލިޕީންސް އަދި ތައިލެންޑް ފަދަ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވެސް ފޮނުވުމަށް އޮތީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް