ހަބަރު /
ކާށިދޫ ސްކޫލުގެ އާ އިމާރާތް ނިމި، އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި
ފާތިމަތު އަހްމަދު ޝަރީފް
28 އޯގަސްޓް 2022 - 13:07:59
ކ. ކާށިދޫގައި ހުންނަ އަތޮޅު މަދަރުސާގެ އާ އިމާރާތް ނިމި، ބޭނުންކުރަން ފަށައިފި އެވެ.
މި އިމާރާތް ބޭނުންކުރަން ފަށައި، މިއަދުން ފެށިގެން އެ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭންވެސް ވަނީ ފަށާފަ އެވެ. މީގެ ކުރިން އެ ސްކޫލުގައި ކިޔަވައިދެމުންދިޔައީ ދެ ދަންފަޅި އަށެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހު ބިންގާއެޅި ކ. އަތޮޅު މަދަރުސާގައި 16 ކްލާސްރޫމުގެ ހަތަރުބުރި އިމާރާތެއް އެޅުމާއި މަލްޓިޕަޕަސް ހޯލް އިމާރާތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ، އެއަަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. މަސައްކަތް ހަވާލުކުރީ އެއް އަހަރުތެރޭ ނިންމާގޮތަށެވެ.
އެއީ އެއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދިޔަ ފުރަތަމަ މަޝްރޫއެވެ.
އަލަށް ބޭނުންކުރަންފެށި އިމާރާތުގައި:
- ކްލާސްރޫމް: 16
- މަލްޓި ޕާރޕޯސް ހޯލް: 1
- އިލެކްޓްރިކަލް ރޫމް: 1
- ޗޭންޖިންރޫމް: 2
- ދަރިވަރުންގެ ފާހާނާ: 25
- ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ހާއްސަ ފާހާނާ / އެކްސެސިބަލް ޓޮއިލެޓް: 2
- ސްޓޯ ރޫމް އަދި އެހެނިހެން: 10
- ރޭމްޕް : 3
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް