ads
ވޭވަށު ބާ އިންޖީނުގެ
29 އަހަރުވީ ވޭވަށު ދުބުޅި އިންޖީނުގެ ނިއްވާލައިފި
މ. ވޭވަށުގެ 29 އަހަރުވީ ގެދަދުބުޅި އިންޖީނުގެ ނިއްވާލައި، އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް ރަސްމީކޮށް ހުޅުއްވައިފި އެވެ.

ޒަމާނުންސުރެ ގެދަބުޅީގެ އިންޖީނުގެތަކުން އިވޭ ގަދަ އަޑުން އެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ވާ އުދަގޫ ކުޑަކޮށް، އިންޖީނުގެތައް މީހުން ދިރިނޫޅޭ ހިސާބުތަކަށް ބަދަލުކޮށް އިންޖީނުގެ ޒަމާނީ ކުރުމުގެ އެކި މަސައްކަތްތައް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން މުލަކަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުވަނީ އެ އަތޮޅު ވޭވަށުގައި 29 އަހަރުވަންދެން ބޭނުންކުރަމުންދިޔަ ގެދަބުޅި އިންޖީނުގެ ނިއްވާލާފައެވެ. އަދި އަލަށް އެރަށުގައި އިމާރާތްކުރި ޒަމާނީ އިންޖީނުގެ ވަނީ ހުޅުވައިދެއްވާފަ އެވެ.

your imageބާ އިންޖީނުގެ އަދި އާ އިންޖީނުގެ

މި އިންޖީނުގެ އިމާރާތްކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި މި އިންޖީނުގެއަކީ، 208 ސްކެއާ މީޓަރު ބޮޑު އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި ހަތަރު މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހުރެއެވެ. 

ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ ތިން ޖެންސެޓް ބަހައްޓައި ހިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓް އެވެ.

އާ އިންޖީނުގެ ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، އެ އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސްއަހަރަށް އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ހިދުމަތް އެރަށަށް ފޯރުކޮށްދެވެމުންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ އެމަނިކުފާނު ސަރުކާރާއި ހަވާލުވިއިރު ވަރަށް ބޮޑަށް އޮތް ދަތިކަމެއް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 141 އިންޖީނުގެ އިމާރާތްކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް