ads
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު
އަލަމްގިރީގެ ބަޔާން ލީކުވި މައްސަލަ ބަލާނަން: ސީޕީ
ރާއްޖޭގެ ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ފުލުހުނަށް ދިން ބަޔާން ލީކުވި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
Advertisement

އަލަމްގިރީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލް ކޮށްފައި ވަނިކޮށް އޭނާ ފުލުހުނަށް ދިން ބަޔާން ވަނީ ސޯޝަލް މީޑިއާގައި ލީކު ކޮށްލާފަ އެވެ. 

އެ ބަޔާނުގައި 50 މީހުންނާއި އެއްކޮށް އެއްޖިންސުން އޭނާ ގުޅުން ހިންގާ، އެ މީހުންނާއި އެއްކޮށް ގުޅުން ހިންގާ މަންޒަރު ރެކޯޑް ކުރިކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ރާއްޖެއާއި ލަންކާ އާއި އިންޑިޔާގެ އިތުރުން ބަންގްލަދޭޝްގެ މީހުންނާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

އަލަމްގިރި ފުލުހުންނަށް ދިން ބަޔާން ލީކު ވުމާއި ގުޅިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަން ފަށާފައިވާ އިރު، އެކަމާއި ގުޅިގެން "ވަން އޮންލައިން" އަށް ސީޕީ ހަމީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބަޔާން ލީކުވި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. 

މީގެ އިތުރުން ސީޕީ ވިދާޅުވީ, ފުލުހުންގެ އިތުރުން ތިން ފަރާތެއްގެ އަތުގައި މިހާރު މި ބަޔާން އޮންނާނެ ކަމަށާއި، އެހެންކަމުން ބަޔާން ލީކުވީ ކޮން ދިމާލަކުން ކަން ބުނަން ނޭނގޭ ކަމަށެވެ. އަދި މީގެ ކުރިން ބަޔާން އޮތީ ހަމައެކަނި ފުލުހުންގެ އަތުގައި ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.  

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގިރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގިރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް