ads
ޕާކިސްތާނުގެ އަންހެނަކު ވިއްސާރައަށްފަހު އޭނާގެ ގެ ޗެކްކުރަނީ
ޕާކިސްތާނުގެ ބޮޑު ބައެއް ފެނުގެއަޑިއަށް ހިގައިދާނެ ކަމުގެބިރު! ދުނިޔޭގެ އެހީއަށް އެދެފި!
ފެންބޮޑުވުމުގެ ސަބަބުން 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ސަރަހައްދެއް ފެނުއަޑިއަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވާއިރު، ފެންބޮޑުވުމުގެ ހާދިސާތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީއަށް ޕާކިސްތާނުގެ ސަރުކާރުން އެދިއްޖެ އެވެ.

އެގައުމުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ އިގުތިސޯދީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށާއި، މާލީ އެހީ ބޭނުންވާ ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތާގައި، އެހީ ލިބުމަށް އިންތިޒާރު ކުރާނީ، ހަމައެކަނި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ނޫން ކަމަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢާއި، ބައިނަލްއަޤްވާމީ އޭޖެންސީތަކުންވެސް، މި ލިބުނު ގެއްލުންތަކުގެ މިންވަރު، އިޙްސާސް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން މުޅި އިގްތިސޯދީ ހާލަތަށް ވަރަށް ބޮޑުއަސަރެއް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

33 މިލިއަނެއްހާ މީހުންނަށް ހާލުގައި ޖެހިފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށް ޔޫއޭއީ އާއި ތުރުކީން ވަނީ ބޮޑު ރިލީފް އޮޕަރޭޝަނެއް ފަށާފައެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1061 މީހުން މަރުވެފައިވާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އެގައުމުން އަންދާޒާ ކުރެއެވެ.

އެގައުމުގެ އުތުރުގެ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކުން ދަނީ ކުރަމުންނެވެ.

އެ ސަރަހައްދުގެ ގިނަ ކޯރުތަކެއް ވަނީ ސުންނާފަތިވެ، އެތައް އިމާރާތެއް ފުނޑުފުނޑުވެފައެވެ. 

މި ވިއްސާރައިގައި އެގައުމުގެ ތިންބައިކުޅަ އެއްބައި ފެނުގެ އަޑިއަށް ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުގެ މޫސުމާ ބެހޭ ވަޒީރު ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް