ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ޑޮކްޓަރަކަށް ދެއްކުމަށް ރައީސް ޔާމީން މާލެ ގެނެސްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދެއްކުމަށް ރައީސް ޔާމީން މިއަދު މާލެ ގެނެސްފައިވާ ކަމަށާއި މިވަގުތު ވެސް އެމަނިކުފާނު ހުންނެވީ މާލޭގައި ކަމަށެވެ. 

 

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ހިތުގެ ކަމެއްގައި ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށެވެ. 

ރައީސް ޔާމީން ޖަލަށްލީ ފަހުން މީގެކުރިން ވެސް އެމަނިކުފާނު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ. އެހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. 

ހައިކޯޓުގައި އިސްތިއުނާފް އަޑުއެހުންތައް ފަށާފައިވާއިރު ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

39%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް