ads
މިދިޔަ އަހަރު ހުޅަނގު މޫސުމުގައި ވަރަށް ބޮޑަށް ޅ. ހިންނަވަރަށް އުދައަރާފައި
ރާޅުގެ އުސްމިން 7 ފޫޓުގައި، ކަނޑުތައް ގަދަވެ، ވައިވެސް ގަދަ، ސަމާލުވޭ!
ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މިއަދުގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި، ހަތް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެ އެވެ.

އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެފައި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދެވެ ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލަށް ވައިގަދަވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުުގަދަވުން ވެސް އެކަށީގެންވާކަމަށް މެޓުން ބުނެ އެވެ. 

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މިއަދުގެ 14:00 އާއި ހަމަޔަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފަ އެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. 

“އެހެންކުން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން،”މެޓުން އިލްތިމާސްކޮށްފައި ވެއެވެ.

މެޓުން މިމަހަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، އެންމެ އުތުރު އަތޮޅުތަކަށް، އާންމުކޮށް ވެހޭވަރަށް އަދި އެހެން އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމު މިންގަނޑުގައި އަދި ދެކުނު އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ އެވެ.

23%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް