ގާސިމްގެ ދަރިއެއް މީހެއްގެ ގަޔަށް ވަޅި ޖަހައިފި ކަމަށް، ޖާބިރު ތުހުމަތު ކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ ގާސިމްގެ ދަރި މީހެއްގެ ކަރަށް ވަޅި ޖެހިނަމަވެސް އެކަން ނުބެލޭ ކަމަށެވެ.
ގާސިމްގެ ދަރިއެއް މީހެއްގެ ކަރަށް ވަޅި ޖެހިކަމަށް މަޖިލީހުގެ ޖަލްސާގައި ޖާބިރު ތުހުމަތު ކުރެއްވިއިރު، މި ފަހުން މާލޭގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިއަކުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ މައްސަލައިގައި އިއްޔެއާ ހަމައަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި އެ ކަން ހިންގާފައިވަނީ ސިޔާސީ ލީޑަރެއްގެ ދަރިއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.