ads
ފަރަށް އަރާފައިވާ ލަންދޫބޯޓު
މާލެއިން ނ. އަތޮޅަށް ދަތުރުކުރި ލަންދޫ ބޯޓު ދިޔަވެއްޖެ
މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލަންދޫ ބޯޓު ދިޔަވެ، ކ. ގާފަރަށް އަރައިފި އެވެ.

"ލަންދޫ ބޯޓު" ދިޔަވެ ކ.ގާފަރު ފަރަށް އަރައިގެން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ދަނީ ހަރަކާތްތެރިވަމުން ނެވެ.

“ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 10:55 ހާއިރު” އެމްއެންޑީއެފުން ދާދި ދެންމެއަކު ބުންޏެވެ.

ބޯޓު ދިޔަވެ، ފަރަށް އެރި ބޯޯޓުގައި 12 ދިވެހިންނާއި،  36 ބިދޭސީން ތިއްބެވެ. ބޯޓުގައި ތިބި ގިނަ އަދަދެއްގެ މީހުން ގާފަރަށް ވަނީ ގެންގޮސްފަައެެވެ. 

ނ. އަތޮޅު “ލަންދޫ ބޯޓް” އަކީ އެ އަތޮޅު މީހުން މާލެ އައުމަށާއި، މާލެއިން ރަށަށް ދިއުމަށް ބޭނުން ކުރާ ބޯޓެެކެވެ. މި ބޯޓުގައި މިފަދަ ދަތުރުތަކުގައި ގިނަ އަދަދެއްގެ މީހުންނާއިއެކު، އާއްމުންގެ ގިނަ އަދަދެއްގެ މުދާވެސް އުފުލައެވެ.


ބޯޓެއް ދިޔަވެ ފަރަށް އެރިއިރު، ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮތީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
92%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް