ads
ސޯޝަލް މީޑިއާގައި ބަރަހަނާ ވާ މައްސަލާގައި މީނާ ވަނީ ކުރިންވެސް ހައްޔަރުކޮށްފަ
ޔާޔާ ނަބީލް އަނެއްކާވެސް ހައްޔަރުކޮށްފި
ޓިކްޓޮކްގައި ބަރަހަނާ ފޮޓޯ އާއްމު ކުރަމުންދާ މައްސަލާގައި މީގެ ކުރިންވެސް ހައްޔަރުކޮށް ދޫކޮށްލާފައި ހުރި، ނަބީލު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
Advertisement

އޭނާ މީގެ ކުރިން ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުރީ ޝަރުތަކާއިއެކު އެވެ.

އެކަމަކު މިފަހުން ވެސް އޭނާ ދަނީ ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެންނާއި، ބަރަހަނާ ފޮޓޯތައް އާއްމުކުރަމުން ނެވެ. 

އޭނާ އަނެއްކާ ހައްޔަރު މިކުރީ ބަރަހަނާ ފޮޓޯތައް އާއްމުކުރަމުންދާއިރުވެެސް އޭނާއާއި މެދު ފިޔަވަޅު ނާޅާ ހުންނަ މައްސަލަ ނޫސްތަކުން ފެންމަތިކޮށްފައި ވަނިކޮށެވެ.

ފުލުހުން މިރޭ ބުނީ އޭނާ ހައްޔަރުކުރީ އިޖްތިމާއީ މިންގަޑާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކުރި މައްސަލާގަައި ކަމަށެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ  އާއްމުކުރީ، މިދިޔަ  އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭރު ވެސް ފުލުހުން އޭނާ ހައްޔަރުކުރީ، ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނަމަވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، އޭނާ ވަނީ އެއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލީ ފަސްދޮޅަސް ދުވަސް ވަންދެން ސޯޝަލްމީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށެވެ. 

57%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް