މި ޗެމްޕިއަންޝިޕް ފަރުމާކޮށްފައިވާ ފޯ-ގޭމް ފޯމްޓްގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ފާހަގަކުރެ އެވެ.
2025 ވަނަ އަހަރުގެ ޑީ.އެމް.ޖީ.ސީގައި "ޕަބްޖީ" އަދި "މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް" ހިމެނެއެވެ. މީގެ އިތުރުން، މި ޗެމްޕިއަންޝިޕްގައި މި ފަހަރު މުޅިން އަލަށް "ރޮކެޓް ލީގް" އަދި "އެފްސީ 25" ވަނީ ހިމަނައިފައިވާކަމަށް ދިރާގުން ބުނެއެވެ. މި ގޮތުން، މި ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާއިރު "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ 7 ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވޭނެއެވެ. އޭގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2v2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އަދި އެފް.ސީ 25 ގައި އަމިއްލަ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ދިރާގުން ބުނެ އެވެ.
އެހެންކަމުން، ރާއްޖޭގެ ކޮންމެ ދިމާލެއްގައި ހުރި، ކޮންމެ ފެންވަރެއްގެ ކުޅުންތެރިއަކަށް ވެސް މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، މި މުބާރާތުގައި ބައިވެރިވުމަށް ދިރާގުން މަރުހަބާކިޔަ އެވެ. އެ ގޮތުން، ފޯރި ގަދަ، އަދި ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެ މި ޗެމްޕިއަންޝިޕްގެ މައިގަނޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 2025 ގައި މާލޭ ސިޓީގައެވެ. އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް dgg.mv ގެ ޒަރިއްޔާއިން އިއުލާނު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުން، ރާއްޖޭގައި ތިބި ގޭމް ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ޑީ.ޖީ.ޖީ އިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަވެގެންދެއެވެ. މި ގޮތުން، މި ކޮމިއުނިޓީގައި މިއަދާ ހަމައަށް 4،000 މެންބަރުން ވަނީ ރަޖިސްޓަރީކޮށްފައެވެ. މި ފަރާތްތަކަށް ހާއްސަކޮށްގެން ޑީ.ޖީ.ޖީއިން ވަނީ ވާދަވެރި އަދި ކާމިޔާބު ގިނަ މުބާރާތްތަކެއް ހިންގައި، ރާއްޖޭގެ ވާދަވެރި ގޭމިން ކުރިއެރުވުމަށް ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުން ކަމުގައި ދިރާގުން ފާހަގަކުރެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެއްކަން އެކުންފުނިން ބުނެ އެވެ.