ads
އިއްޔެ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނުއިރު ހައްވާފާނު އޮތީ ހޭނެތިފައި
ގެއްލިގެން ހޯދަމުންދަނިކޮށް ފަޅުގެއެއްތެރެއިން ފެނުނު ހައްވަހަންތަ ނިޔާވެއްޖެ
ގދ. ތިނަދޫއިން ބުދަ ދުވަހު ހަވީރު ގެއްލިގެން ހޯދަމުންދަނިކޮށް ފަޅު ގެއެއްތެރެއިން ހޭނެތިފައި އޮއްވާ ފެނުނު އެ ރަށު ކަސްޓަޑުއާގެ ހައްވާފާނު (ހައްވަހަންތަ)، ނިޔާވެއްޖެ އެވެ.

އުމުރުން 80 އިން މައްޗަށް ގޮސްފައިވާ އެ އަންހެންމީހާ ނިޔާވީ، އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރެއެވެ.

ހައްވާފާނު ގެއްލިގެން ހޯދަން ފެށީ ބުދަ ދުވަހުގެ އިރާކޮޅު ވަގުތެއްގައެެވެ. އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ރަށުތެރެއަށް ނިކުމެ އެރޭ މަސައްކަތްކުރި އެވެ.

އޭނާ ފެނުނީ، ގެއްލުނު ހިއްކި މާފުށި ސަރަހައްދުން، ރަށުގެ މިއުޒިއަމް ޕާކު ކައިރީހުރި ފަޅުގޯއްޗެއްގެ ތެރޭ ހޭނެތިފައި އޮއްވައެވެ.

ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލާއި ހަވާލާދީ ކައުންސިލުން “ސީއެންއެމް” އަށް މީގެ ކުރިން ބުނެފައިވާގޮތުގައި އޭނާ ފަޅުގޭތެރެއިން ހޭނެތިފައި އޮއްވާ ފެނުނުއިރު އޮތީ ސްޓްރޮކެއް ޖެހިފައެވެ.

އަދި އެވަގުތުން ފެށިގެން ފަރުވާދެމުންދިޔައިރު، ހޮސްޕިޓަލުން މިރޭ އިރާކޮޅުވެސް ބުނީ އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް