ads
މާފަންނު ސަހަރާ
ޕާކިން ޒޯން ހަދަން މާފަންނު ސަހަރާ ހުސްކުރަން އިސްލާމިކް މިނިސްޓްރީން ހުއްދަދީފި
މާފަންނު ސަހަރާ ސަރަހައްދުގައި ޕާކިން ޒޯންނެއް ހެދުމަށް އެ ސަރަހައްދު ހުސްކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
Advertisement

މިނީ ބަހުގެ ހިދުމަތްފެށުމަށް މާލޭ ސަރަހައްދުން ޕާކުކުރާނެ އިތުރު ޖާގަތައް ހެދުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ދީފައިވާ ޖާގަތަކުގެ ތެރޭގަައި މާފަންނު ސަހަރާ ހިމެނެ އެވެ.

ސަރުކާރުން އެދިފައިވާ ގޮތުގެ މަތިން ސަހަރާ ހަވާލުކޮށްދިނުމަށް އެދި ސިޓީކައުންސިލުން އިސްލާމިކް މިިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި މިނިސްޓްރީން ވަނީ އެތަން ހުސްކުރުމުގެ ހުއްދަދީފައެވެ.

އިސްލާމިކް މިނިސްޓަރީގެ ފަތުވާ މަޖިލީހުން ސޮއިކުރައްވާ ފޮނުވާފައިވާ އެ ސިޓީގައި އެތަން ހުސްކުރުމާއި ބެހޭގޮތުން އިސްލާމްދީނުގައި އޮންނަ ގޮތާއި، އެކަން ކުރާނެގޮތް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ސަހަރާ ސާފުކުރުމަށް ކޮނުމުގައި އުދަލި ފިޔަވައި އެހެން ބާވަތެއްގެ އެއްްޗެއް ބޭނުންނުކުރުމަށާއި، ސަހަރާއިން ފެންނަ ގަބުރު ކަށިތައް “ވަކިވަކިން ސާފުކޮށް ހުދު ފޮތިން ފަހާފައިވާ އުރައަކަށް އެޅުމަށް” އަންގާފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން އެކަމާއި ގުޅޭގޮތުން ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިއަދު “ސީއެންްއެމް” އަށް ބުނީ މާފަންނު ސަހަރާ ޕާކިން ޒޯނަކަށް ހެދުމަށް އަންގާފައިވަނީ ސަރުކާރުން ކަމަށާއި، އެތަން ސާފުކުރުމާއި ތަން ހުސްކުރުމުގެ މަސައްކަތްކުރަނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

ސިޓީ ކައުންސިލާއި ތަން ހަވާލުކުރާގޮތަައް އޮތީ ޕްލޭނިން މިނިސްޓްރީން އެތަން ސާފުކުރުމަށްފަހު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް